ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/2/2025/45
ޕަބްލިޝްކުރި ތާރީޚް: 16 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 17:23
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އިޢުލާން

ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފެށުން

            2 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއްވިއުގައަކުން ގުޅާލުމަށްޓަކައި، "ޓްރޭޑިއަން" ޕްލެޓްފޯމް، 20 އޭޕްރިލް 2025 އިން ފެށިގެން، ރަސްމީކޮށް ބޭނުންކުރަން ވަނީ ނިންމާފައެވެ.

މިމިނިސްޓްރީގައި، ޝިޕިން އޭޖެންސީ ރަޖިސްޓަރީ ކުރުމާއި ޕޯޓް ސްޓޭޓް ކްލިޔަރެންސް ދިނުމަށް ހުށަހަޅަންޖެހޭ M17 ފޯމް ހުށަހެޅުމާއި ލައިޓް ޑިއުސް، ޕޯޓް ޑިއުސް އަދި އެންކަރޭޖު ފީ 20 އޭޕްރީލް 2025 އިން ފެށިގެން ދެއްކުމަށްޓަކައި ހުށަހަޅާނީ Tradianhttps://tradian.gov.mv) ) ޕްލެޓްފޯމް މެދުވެރިކޮށް ކަމުގައި ދެންނެވީމެވެ. 20 އެޕްރީލް 2025 ގެ ނިޔަލަށް މި ޕްލެޓްފޯމްގައި ރަޖިސްޓަރީ ވެފައި ނުވާ ފަރާތްތަށް ލަސްވެގެން 31 މޭ 2025 ގެ ކުރިން ރަޖިސްޓަރީ ވުމުގެ ކަންކަން ފުރިހަމަކޮށް ނިންމެވުމާއެކު 01 ޖޫން 2025 އިން ފެށިގެން މި ޕްލެޓްފޯމް ބޭނުންކުރަން ފެށުމަށް އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

އަދި މިބަދަލާއެކު މިހާރު ބޭނުންކުރަމުން ގެންދާ ސިސްޓަމް 01 ޖޫން 2025 އިން ފެށިގެން ބޭނުން ކުރުން ހުއްޓާލަން ނިންމާފައިވާތީ މިވާހަކަވެސް ދެންނެވީމެވެ. ޓްރޭޑިއަން ޕްލެޓްފޯމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓްރޭޑިއަން ސަޕޯޓް 3334001 އަށް ގުޅުއްވުން ނުވަތަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ.

16 އެޕްރީލް 2025