މަސައްކަތް
ނަންބަރު: (IUL)262/262/2025/33
ޕަބްލިޝްކުރި ތާރީޚް: 16 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 27 އެޕްރީލް 2025 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބްލިއު.ޑީ.ސީ ފުޓްސަލް ކަޕް 2025 ހޯސްޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

ޑަބްލިއު.ޑީ.ސީ ފުޓްސަލް ކަޕް 2025 ހޯސްޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ:      

ޑަބްލިއު.ޑީ.ސީ ފުޓްސަލް ކަޕް 2025، ނަމުގައި ހދ ނޮޅިވަރަންފަރު ޑަބްލިއު.ޑީ.ސީ އިން އިންތިޒާމްކޮށް، ނޮޅިވަރަންފަރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެއް 12 ޖޫން 2025 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ހޯސްޓްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީކުރުމުގެ ސުންގަޑި ‏24‏ އޭޕްރިލް‏ 2025‏ (ބުރާސްފަތި‏) 10:00 އަށް

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/nxR75z00jK

އަންދާސީ ހިސާބު ހުށަހެޅުން: ‏27‏ އޭޕްރިލް‏ 2025‏ (އާދީއްތަ‏) 10:00  އަށް

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ ‏27‏ އޭޕްރިލް‏ 2025‏ (އާދީއްތަ‏) 11:00ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

16 އެޕްރީލް 2025