ދިވެހިރާއްޖެ
ޝިޕިންގ އޭޖެންޓުންނާއި، ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމަށްޓަކައި ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް ބޭނުންކުރުމާބެހޭ:
02 ފެބްރުއަރީ 2025 ވަނަ ދުވަހު ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކައި، "ޓްރޭޑިއަން" ޕްލެޓްފޯމް، 20 އޭޕްރިލް 2025 އިން ފެށިގެން، ރަސްމީކޮށް ބޭނުންކުރަން ފަށަން ނިންމާފައިވާތީ ދަންނަވަމެވެ.
20 އެޕްރީލް 2025 ވަނަ ދުވަހުން ފެށިގެން، ތިރީގައި ދެންނެވިފައިވާ ޚިދުމަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަހަޅަންވާނީ ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް (https://tradian.gov.mv) މެދުވެރިކޮށްކަމުގައި ދެންނެވީމެވެ.
ޚިދުމަތް |
ހުށަހަޅަންޖެހޭ ފަރާތް |
ކަސްޓަމްސް އާންމު ގަވާއިދު (ގަވާއިދު ނަންބަރު:2011/R-41) ގެ ގުޅުންހުރި މާއްދާ. |
ޝިޕިންގ އޭޖެންޓުން ރަޖިސްޓްރީ ކުރުން |
ޝިޕިންގ އޭޖެންޓުން |
ކަސްޓަމްސް އާންމު ގަވާއިދުގެ 476 އަދި 477 ވަނަ މާއްދާ. |
ފްރައިޓް ފޯވަރޑަރުން ރަޖިސްޓްރީ ކުރުން |
ފްރައިޓް ފޯވަރޑަރުން |
ކަސްޓަމްސް އާންމު ގަވާއިދުގެ 480 ވަނަ މާއްދާ. |
ފޮރިން ގޮއިންގ ވެސަލް ރަޖިސްޓްރީކުރުން |
ޝިޕިންގ އޭޖެންޓުން |
ކަސްޓަމްސް އާންމު ގަވާއިދުގެ 62 އާއި 85 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ކަސްޓަމްސްއަށް ހުށަހެޅުމަށްޓަކައި، ފޮރިންގ ގޮއިންގ ވެސަލްސް ރަޖިސްޓްރީކުރުމަށް. |
ވެސަލް އެރައިވަލް އިންފޮރމޭޝަން ހުށަހެޅުން (އީ.ޓީ.އޭ/އީ.ޓީ.ޑީ) |
ޝިޕިންގ އޭޖެންޓުން |
ކަސްޓަމްސްގެ އާއްމު ގަވާއިދުގެ 62 ވަނަ މާއްދާގެ ދަށުން. |
ސީ ކާރގޯ މެނިފެސްޓް ހުށަހެޅުން |
ޝިޕިންގ އޭޖެންޓުން އަދި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތައް |
ކަސްޓަމްސްގެ އާއްމު ގަވާއިދުގެ 85 ވަނަ މާއްދާގެ ދަށުން. |
މިގޮތަށް ހަމަޖެއްސި ކަމުގައިވީނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، 31 މެއި 2025 ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީ.ޓީ.އޭ)" އާގުޅޭ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މި އިޢުލާނުގައި ބަޔާންކޮށްފައިވާ ކަސްޓަމްސްއާގުޅޭ ހިދުމަތްތައް ހޯއްދެވުމަށާއި ލިޔެކިޔުން ހުށަހެޅުއްވުމަށް ޓްރޭޑިއަން ޕްލެޓްފޯމް ބޭނުންކުރައްވަމުން ގެންދެވުމަށް ދެންނެވީމެވެ. އަދި 1 ޖޫން 2025 ވަނަ ދުވަހުން ފެށިގެން، މި ޚިދުމަތްތައް ހޯއްދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށްވާތީ، އެ ސުންގަޑީގެކުރިން، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީކުރެއްވުމަށް އެންމެހާ ޝިޕިންގ އެޖެންޓުންނަށާއި ފްރައިޓް ފޯވަރޑިންގ ގެ ޚިދުމަތްދޭ ފަރާތްތަކަށް ދެންނެވީމެވެ.
ޓްރޭޑިއަން ޕޯޓަލްގައި ރަޖިސްޓްރީވުމާއި ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތައް ހޯއްދެވުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، ޓްރޭޑިއަންގެ ސަޕޯޓް (ފޯން:3334001) އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.