| މިކައުންސިލްގެ ބައެއް މަސައްކަތްތައް ކުރުމަށް މިއިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެވެ. | 
| މަޤާމު: | ކައުންސިލް އެސިސްޓެންޓް  ( މަސައްކަތު ) |   ބޭނުންވާ ޢަދަދު: 2 ( 18 އަހަރު ފުރި 65 އަހަރު ނުފުރޭ )   | 
| މަޤާމުގެ ބާވަތް: | ކޮންޓްރެކްޓް ( މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން ޕާޓްޓައިމްކޮށް 02 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. | 
| މުސާރަ: | މުސާރަ ( މަހަކު ) -/3100 ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ ) | 
| އެލަވަންސް: | ސާރވިސް އެލަވަންސް -/1200 ރ ( އެއްހާސް ދުއިސައްތަ ރުފިޔާ ) | 
| އިތުރު އެލަވަންސަތައް: | އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާދެވޭނެއެވެ. | 
| ޢާއްމުކޮށް މަސަތްކަތް ކުރަންޖެހޭ ދުވަހާއި ގަޑިތައް: | ހަފްތާއަކު 6 ދުވަސް، ދުވާލަކު 4 ގަޑީއިރު | 
| ފެންވަރު ނުވަތަ ޝަރުޠު: 1 . ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން 2 . ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން | 
| ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 
ކައުންސިލުން އަންގާ ގޮތެއްގެމަތިން މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ އޭ.ސީތައް ސަރވިސްކޮށް ބެލެހެއްޓުން.ކައުންސިލް ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ މަރާމާތުގެ މަސަތްކަތްތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކުރުން.ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި ކުޅިވަރު ބިންތަކާއި ޕާކުތައް ފަދަ ތަންތަނުގެ ކަރަންޓު ވިއުގަ މަރާމާތުކޮށް ބެލެހެއްޓުންކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި ކުޅިވަރު ބިންތަކާއި ޕާކު ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުންކައުންސިލުން ފާހަގަކުރާ ޚާއްޞަ ދުވަސްތަކާއި އިވެންޓްތަކަށް އެހީތެރިވުން.މަދިރިއާއި މެއްސާއި ހުވަންޏަށް ބޭސްޖެހުން.ފެންބޮޑުވެއްޖެނަމަ ކައުންސިލުން އަންގާގޮތެއްގެމަތިން ކޯރު ކެނޑުން.ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.ކައުންސިލް އިދާރާގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. | 
| އިންޓަވިއު އޮންނާނެ ތަނާއި   މުއްދަތު: | އިންޓަވިއު އޮންނާނީ 2025 އޭޕްރީލް 22 ން ފެށިގެން  5 ދުވަހުގެ މުއްދަތަށް  ވަންދޫ ކައުންސިލް އިދާރާ ގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | 2025 އޭޕްރީލް 22 ވަނަ ދުވަހުގެ މެންދުރު ފަހު 12:00 ގެ ކުރިން ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 1 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ކައުންސިލް އިދާރާއިން ލިބޭނެއެވެ. ) 2 – ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް 3 – ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 4 – ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ސާފުކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު 5 – ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް ސިވިލްސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތުން ބަޔާންކުރާ ފޯމް  | 
| މިއިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ،7980047/6780041 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ. |