ދިވެހިރާއްޖެ
މި އިޢުލާންވަނީ 16 އެޕްރީލް 2025 13:30 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން ނަންބަރު 254/254/2024/75(IUL) އާއި ގުޅިގެން ހއ.ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2025 އޭޕރީލް 16 ވާ ބުދަ ދުވަހުން ފެށިގެން 2025 މޭ 04 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލައިފީމެވެ. ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް، މިއިދާރާގެ ނޯޓިސްބޯޑްގައި ބެހެއްޓިފައިވާނެއެވެ.
ޕޮއިންޓް ދީފައިވާ ގޮތާމެދު، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން "ހއ.ތަކަންދޫއިން ބަންޑާރަ ގޯއްޗަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މި އިދާރާއަށް ނުވަތަ މި އިދާރާގެ އީ-މެއިލް [email protected] އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
ހއ.ތަކަންދޫއިން ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާން ކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ލިސްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހުގައެވެ.