ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS48/2015/10
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:55
ސުންގަޑި: 23 އޮގަސްޓް 2015 13:00
މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ވިއްކާނެ ފަރާތެއް ހޯދުން

މިމަދަރުސާއަށް ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ކުރި އިޢުލާން ނަންބަރު GS48/2015/05 އިޢުލާން ބާޠިލުކޮށްފީމެވެ. އިޢުލާން ބާޠިލުކުރީ ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީއެވެ.

މިމަދަރުސާއަށް ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެއެވެ. މިހެންވެ ކޮމްޕިއުޓަރ ސިސްޓަމް ވިއްކަން ބޭނުންފުޅުވާ ފަރާތްތަކުން 23 އޮގަސްޓު 2015 (އާދީއްތަ) ދުވަހުގެ 13:00 އަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮގަސްޓު 2015 (ހޯމަ) ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުސޫލުން ރަޖިސްޓަރީ ކޮށްފައިނުވާ އެއްވެސް ފަރުދަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

1 ޛުލްޤަޢިދާ 1436

16 އޮގަސްޓް 2015