ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)457-AIT/1/2015/11
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:33
ސުންގަޑި: 23 އޮގަސްޓް 2015 11:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް ސޮލިއުޝަން ސޮފްޓްވެއަރ ގަތުމަށް

ހިއުމަން ރިސޯސް ސޮލިއުޝަން ސޮފްޓްވެއަރ ގަތުމަށް ބޭނުންވެއްޖެ:

މި ބިއުރޯއަށް ތިރީގައި މި ދަންނަވާ ތަކެތި ގަތުމަށް ބޭނުންވެއްޖެއެވެ.

  - ހިއުމަން ރިސޯސް ސޮލިއުޝަން ސޮފްޓްވެއަރ

  - 4 އެކްސެސް ކޮންޓްރޯ / އެޓެންޑެންސް ޑިވައިސް

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮގަސްޓު 27 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 01 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397 ، 3349404 ، 3349405 ފޯނާ ގުޅުއްވުން އެދެމެވެ.

28 ޝައްވާލް 1436

13 އޮގަސްޓް 2015