ދިވެހިރާއްޖެ
އިޢުލާނު
ނަމްބަރު : (IUL)363/363/2025/13 |
15 އޭޕްރިލް 2025 |
މި ކައުންސިލްގެ ހަތަރު ކޮޓަރީގެ އެކޮމަޑޭޝަން ބްލޮކްގެ އެންމެހާ މަސައްކަތްކުރުން |
މި ކައުންސިލާއި، މ. އަތޮޅު ކައުންސިލް ގުޅިގެން މި ރަށުގައި ބިނާކުރާ "ހަތަރު ކޮޓަރީގެ އެކޮމަޑޭޝަން ބްލޮކް" ގެ އެންމެހާ މަސައްކަތް ކުރެހުމާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ( މި އިމާރަތް ޕްރީފެބްރިކޭޓެޑް ކޮށް ބިނާކުރުމަށް ވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.)
ވީމާ، މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ( ޤާނޫނު ނަންބަރު 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވިޔަފާރިއަށް ރަޖިސްޓްރީވެ އަދި ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ނޭޝަނަލް ކޮންޕެޓިޓިވް ބިޑިންގ ( އެން.ސީ.ބީ ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިޔާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް 24 އޭޕްރިލް 2025 13:00 ގެ ކުރިން ނަންނޯޓު ކުރުން އެދެމެވެ. 500.00 ރުފިޔާ ( ފަސްސަތޭކަ ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ދައްކަވާނީ 24 އޭޕްރިލް 13:00 ގެ ކުރިންމި އިދާރާގެ ނަންބަރު 7709700439001 )1410 ރެވެނިއު 1) އެކައުންޓަށް ޓްރާންސްފަރ ކުރައްވައިގެންނެވެ. އަދި ފައިސާ ދެއްކެވުމަށްފަހު، ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ ލިންކް މެދުވެރު ކޮށް އަޕްލޯޑު ކުރަންވާނެއެވެ. އަޕްލޯޑު ކުރުމުގައި މައްސަލައްއެ ދިމާވާނަމަ 9862202 އަށް އިއުލާން ނަމްބަރ އަދި ކުންފުނީގެ ނަމާއި އެއްކޮށް ފޮނުވޭނެއެވެ. ބިޑްޑޮކިއުމަންޓް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
ލިންކް:https://forms.gle/Vh5hHLAMbNdfXHWW6
މިމަސައްކަތާއިބެހޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 14 އޭޕްރިލް 2025 ވަނަ ދުވަހުން ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
މިޕޮރޮޖެކްޓާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ ތިރީގައިވާ އީ މެއިލް އެޑްރެސް މެދުވެރިކޮށް މި އިދާރާ އަށް މެއިލް ފޮނުވާފަ ސާފު ކުރުން އެދެމެވެ.
ބިޑްތައް ހުޅުވުން އޮންނާނީ 1 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00:00 ގައި މި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑްތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އީ މެއިލް އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މ.ވޭވަށު ކައުންސިލްގެ އިދާރާ
ފޯން: 6720035
އީމެއިލް [email protected] :
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.