ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-C1/1/2025/74
ޕަބްލިޝްކުރި ތާރީޚް: 15 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 20 އެޕްރީލް 2025 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ ސްކޮލަރޝިޕް ފުރުޞަތު

މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ ސްކޮލަރޝިޕް ފުރުޞަތު

ސްޓްރޯންގް ސިޓީޒް ނެޓްވޯކް ގެ އޭޝިއާ ޕެސިފިކް ރީޖަން އިން މާލެ ސިޓީ ކައުންސިލް އަށް، މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ ސްކޮލަރޝިޕް، ޖުމްލަ 50 ފުރުޞަތު ތިރީގައިވާ ލިސްޓުގައިވާ 6 ދާއިރާއިން ވަނީލިބިފައެވެ.

 

ތަމްރީނުގެ ފުރުޞަތުތައް ހަމަޖެހިފައިވާ ދާއިރާތައް: 

1. Healthcare & Social Care

  • Registered Nurses & Assistant Nurses
  • Home Healthcare & Aged Care Specialist
  • Medical Technicians & Pharmacists
  • Disability & Special Needs Support Workers

Competitive Advantage:
Training aligned with UK NHS, EU healthcare, and GCC medical licensing standards. City & Guides accredited certifications,

2. Construction & Engineering

  • Electricians, Welders, HVAC Technicians
  • Heavy Equipment Operators & Civil Engineers
  • Project Managers & Site Supervisors.

Competitive Advantage:

Workforce certified to OSHA, NEBOSH, and GCC safety standards.

 

3. Teachers & Education Professionals

  • English, STEM, and Technical Teachers
  • Vocational & Skills Development Trainers
  • Early Childhood & Special Needs Educators

Competitive Advantage:
British curriculum-trained professionals with experience in international education systems.

 

 

4. IT & Digital Professions

  • Software Engineers, Cybersecurity Experts, Cloud Computing Specialists
  • AI, Data Science, & Blockchain Developers
  • IT Support & Network Security Professionals

 

Competitive Advantage:
Pakistan is a leading IT talent exporter, with professionals holding Microsoft, AWS, and Cisco certifications

5. Retail, Hospitality & Customer Service 

  • High Multilingual Customer Support Agents
  • Retail & Hospitality Managers
  • Supply Chain & Logistics Professionals

Competitive Advantage:

Extensive training in service excellence, with English speaking professionals.

 

6. Agriculture

  • Gardening, Landscaping & Horticulture Specialists

 

 

ކޯސް އޮންނަޤައުމު:

ޕާކިސްތާން.

ސްކޮލަރޝިޕްގެ ދަށުން ލިބޭނެ ޢިނާޔަތްތައް:

މާލެ- ޕާކިސްތާން ޓްރެވަލް ދަތުރު ޚަރަދު، ހުރުމާއި ކެއުން އަދި ކޯސް ފީ

ތަމްރީނު ޕްރޮގްރާމްތަކުގެ މުއްދަތު:

12 ހަފްތާ އާއި 24 ހަފްތާ އާއި ދެމެދު

 

ތަމްރީނުތައް ހަދަން ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ހުންނަންވީ އަސާސީ ޝަރުޠުތައް:

  • މާލެ ސިޓީގެ ރަށްވެހިވެފައިވާ ފަރާތެއްކަމުގައި ވުން
  • އުމުރުން 18 އަހަރާ 35 އަހަރުގެ ޒުވާނުން ( އުމުރު ކަލްކިޔުލޭޓް ކުރުމުގައި ބަލާނީ 1 އެޕްރީލް 2025 )
  • ގްރޭޑް 10 އާއި ހަމައަށް ތަޢުލީމް ޙާޞިލްކޮށްފައިވުން.
  • އިގިރޭސިބަހުން ޢާއްމު ލިޔެކިއުމާއި، ވާހަކަދެއްކުމާއި ދޭހަވުމުގެ ހުނަރުތައް ލިބިފައިވުން (ކިޔަވައިދޭނީ އިގިރޭސި ބަހުން)

މިފުރުޞަތަށް އެދޭ ފަރާތްތަކުން އެދި ހުށައަޅަންވީ ގޮތް:

ތިރީގައިވާ ލިންކުގައިވާ އޮންލައިން އެޕްލިކޭޝަން ފޯމުފުރުމާއި،  ކަނޑައެޅިފައިވާ ޑޮކިޔުމެންޓްތައް (އޯލެވެލް އާއި، ތަޢުލީމީ ސެޓިފިކެޓްތައް ނުވަތަ ގްރޭޑް 10 ލީވިންގ ސެޓިފިކެޓް އަދި އައިޑެންޓިޓީ ކާޑް) އެޓޭޗް ކުރަންވާނެއެވެ.

ލިންކް: https://forms.gle/oYwpeGCV79qE9atT8

 

އެޕްލިކޭޝަން ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި:

20 އޭޕްރީލް 2025، އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން.

 

މިފުރުޞަތު ތަކަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންތައް

  • އޯލެވެލްގެ ނަތީޖާ
  • ޝޯޓްލިސްޓް ކުރެވޭ ފަރަތްތަކާއެކު ބޭއްވޭ އިންޓަވިޔުގެ މާކުސް

 

މިފުރުޞަތުތަކަށް މީހުން ހޮވުމުގެ މަރުޙަލާ ކުރިއަށްދާނެގޮތް:

ހުށައަޅާ ފަރާތްތަކުގެތެރެއިން މީހުން ޝޯޓްލިސްޓް ކުރެވޭނީ މަތީގައިވާ ޝަރުޠުތަކަށް ބަލައިގެން ކޯސްތަކަށް ލިބިފައިހުންނަ އެޕްލިކޭޝަންތަކަށް ބަލައި،6  ކެޓަގަރީއަށް ބައިވެރީން ނެގޭނެ ގޮތަކަށް ބަލައިގެންނެވެ.

  • 50 މީހުންގެ ލިސްޓު ފައިނަލް ކުރާނީ ކައުންސިލް އިން އެކުލަވާލާ ކޮމިޓީން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ބަލައިގެންނެވެ.
  • މިގޮތުން ހޮވޭ ނަންތައް 25 އޭޕްރީލް 2025 ގެ ކުރިން ސްކޮލަރޝިޕްތައް ދޭ ފަރާތަށް ފޮނުވޭނެ.
  • މިފުރުޞަތުތަކަށް ހޮވޭ 50 ފަރާތުގެ ނަންތައް ސްކޮލަރޝިޕްދޭ ފަރާތަށް ފޮނުވުމުން އެތަނުން ސްކްރީން ކުރެއްވުމަށްފަހު، ކޮންމެ ބައިވެރިއަކު ފުރުއްވަންޖެހޭ އިތުރު ތަފްޞީލް އޮންލައިން ފޯމުގެ ލިންކު ފޮނުވޭނެއެވެ. އަދި މިފޯމް ފުރުމަށް މުއްދަތެއް ދެވޭނެ.
  • ފޯމު ފުރުއްވުމަށްފަހު ކޯހަށް ހޮވިއްޖެކަން ކަށަވަރުކޮށްދީ، ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެފަރާތްތަކަށް ވަކިވަކީން އެންގޭނެ.
  • މިތަމްރީނުތަކުގެ ކިޔެވުން ފެއްޓުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި ނުވަތަ ޖޫން މަސްތެރޭގައި.
15 އެޕްރީލް 2025