ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-DOFL/10/2025/46
ޕަބްލިޝްކުރި ތާރީޚް: 14 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 17:54
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމާ ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމާ ގުޅޭ

އެކްސްޕެޓް ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާދޭ ބައެއް ފަރާތްތަކުގެ ނަންމަތީގައި ރާއްޖެގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް އަދާހަމަކޮށްފައިނުވާ ކަމަށް މި މިނިސްޓްރީއަށް ފާހަގަކުރެވިފައިވެއެވެ. ވީމާ ، 2025 އޭޕްރީލް 30 ވަނަ ދުވަހުގެ ކުރިން ، ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތަކުގެ ބައޯމެޓްރިކްސް އަޕްޑޭޓްކޮށް ނިންމުމަށް އަންގަމެވެ.

ބައޯމެޓްރިކްސް އަޕްޑޭޓް ކުރެވިފައިނުވާ ބިދޭސީންގެ ހާލަތު (ވަރކް ޕަރމިޓް ސްޓޭޓަސް) 2025 އޭޕްރިލް 30 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ހިއްސާކުރުމަށް އަންގަމެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއްނެތި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިނުވާ ވަޒީފާދޭ ފަރާތްތައް އެކްސްޕެޓް ސިސްޓަމްއިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާލެވޭނެ ކަމުގައި އާންމުކޮށް އަންގައި އިޢުލާންކުރަމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7690228 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

‏15‏ ޝައްވާލް‏ 1446

‏14‏ އޭޕްރިލް‏ 2025

14 އެޕްރީލް 2025