ދިވެހިރާއްޖެ
އިޢުލާން
މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ ސްކޮލަރޝިޕް ފުރުޞަތު
ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާއާއި ބައިނަލް އަޤުވާމީ ޖަމާޢަތަކާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމްތަކުގެ ސްކޮލަރޝިޕް ފުރުޞަތުތައް ހުޅުވާލަމެވެ.
ފުރުޞަތުގެ ޢަދަދު:
ޖުމްލަ 50 ފުރުޞަތު (ތިރީގައި ހިމަނާފައިވާ 5 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް 10 ފުރުޞަތު)
ތަމްރީނުގެ ފުރުޞަތުތައް ހަމަޖެހިފައިވާ ދާއިރާތައް:
1) Healthcare & Social Care
- Registered Nurses & Assistant Nurses
- Home Healthcare & Aged Care Specialist
- Medical Technicians & Pharmacists
- Disability & Special Needs Support Workers
Competitive Advantage:
Training aligned with UK NHS, EU healthcare, and GCC medical licensing standards. City & Guides accredited certifications,
2) Construction & Engineering
- High Electricians, Welders, HVAC Technicians
- Heavy Equipment Operators & Civil Engineers
- Project Managers & Site Supervisors.
- Gardening, Landscaping & Horticulture
Competitive Advantage:
Workforce certified to OSHA, NEBOSH, and GCC safety standards.
3) Teachers & Education Professionals
- English, STEM, and Technical Teachers
- Vocational & Skills Development Trainers
- Early Childhood & Special Needs Educators
Competitive Advantage:
British curriculum-trained professionals with experience in international education systems.
4) IT & Digital Professions
- Software Engineers, Cybersecurity Experts, Cloud Computing Specialists
- AI, Data Science, & Blockchain Developers
- IT Support & Network Security Professionals
Competitive Advantage:
Pakistan is a leading IT talent exporter, with professionals holding Microsoft, AWS, and Cisco certifications
5) Retail, Hospitality & Customer Service
- High Multilingual Customer Support Agents
- Retail & Hospitality Managers
- Supply Chain & Logistics Professionals
Competitive Advantage:
Extensive training in service excellence, with English speaking professionals.
ސްކޮލަރޝިޕްގެ ދަށުން ލިބޭނެ ޢިނާޔަތްތައް:
- ތަމްރީނު ހިންގާ މަރުކަޒު ހުންނަ ޤައުމާއި (މަރުކަޒާއި) ހަމައަށް މާލެއިން ދަތުރު ކުރާ ދެކޮޅު ޓިކެޓު (ދަތުރު ޚަރަދު).
- ކޯހުގެ ދުވަސްވަރު އެޤައުމުގައި ހުރުމާއި ކެއުމުގެ ޚަރަދު.
- ތަމްރީނުދޭ މަރުކަޒަށް ދައްކަންޖެހޭ ހުރިހާ ފީއެއްގެ ޚަރަދު.
- ވިސާ އަށް ދައްކަންޖެހޭ ފީގެ ޚަރަދު.
(އަމިއްލަ ޕާސްޕޯރޓް ހެދުމާއި، ތިނަދޫ އިން މާލެއަށް ދަތުރު ކުރުން ފަދަ އެހެނިހެން ޚަރަދުތައް މިސްކޮލަރޝިޕް ތެރޭގައި ހިމެނިފައިނުވޭ)
ތަމްރީނު ޕްރޮގްރާމްތަކުގެ މުއްދަތު:
12 ހަފްތާ އާއި 16 ހަފްތާ އާއި ދެމެދު (3 މަހާއި 4 މަސް ދުވަހާއި ދެމެދު)
ތަމްރީނުތައް ހަދަން ބޭނުންވާ ފަރާތްތަކުގެ ކިބައިގައި ހުންނަންވީ އަސާސީ ޝަރުޠުތައް:
- 1 ޖަނަވަރީ 2025 އަށް ޢުމުރުން 45 އަހަރު ފުރިފައި ނުވުން.
- ގްރޭޑް 10 އާއި ހަމައަށް ތަޢުލީމް ޙާޞިލްކޮށްފައިވުން.
- އިގިރޭސިބަހުން ޢާއްމު ލިޔެކިއުމާއި، ވާހަކަދެއްކުމާއި ދޭހަވުމުގެ ހުނަރުތައް ލިބިފައިވުން (ކިޔަވައިދޭނީ އިގިރޭސި ބަހުން).
- ތިނަދޫ ސިޓީގައި ރަށްވެހިވެފައިވާ ފަރާތެއް ނުވަތަ ތިނަދޫ ސިޓީއަށް ރަށްވެހިކަން ބަދަލު ކުރަން ބޭނުންވާ ފަރާތަކަށްވުން.
- 2026 ވަނަ އަހަރުގެ ނިޔަލަށް މުއްދަތު ހަމަނުވާ ދިވެހި ޕާސްޕޯޓެއް އޮތުން.
މިފުރުޞަތަށް އެދޭ ފަރާތްތަކުން އެދި ހުށައަޅަންވީ ގޮތް:
މިތަމްރީނު ފުރުޞަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ފޮނުއްވުން އެދެމެވެ. (ފުރިހަމަ ކުރަން ބޭނުންވާ ކޯސް ޖައްސަވާއިރު ބޭނުންވާ ތަރުތީބުން ގިނަވެގެން 3 ކޯހެއް ޖެއްސެވިދާނެއެވެ. ނަމަވެސް އޭގެތެރެއިން ފުރުޞަތު ލިބޭނީ ކޮންމެވެސް 1 ތަމްރީނު ޕްރޮގްރާމަށެވެ.)
- އެޕްލިކޭޝަން ފޯމާއި ލިޔުންތައް ތިރީގައިމިވާ އީމެއިލަށް ފޮނުވުމުން ބަލައިގަނެވޭނެ.
ނުވަތަ
- ސުންގަޑީގެ ކުރިން މިއިދާރާ ހުޅުވިފައިހުންނަ ރަސްމީ ކޮންމެ ދުވަހަކުވެސް މިއިދާރާގެ ރިސެޕްޝަނުން ބަލައިގަނެވޭނެ.
އެޕްލިކޭޝަން ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ސުންގަޑި:
24 އޭޕްރީލް 2025، ބުދަ ދުވަހުގެ 12:00 ގެ ކުރިން.
މިފުރުޞަތު ތަކަށް މީހުން ހޮވުމުގައި ބެލެވޭނެ ކަންކަމާއި، އިސްކަންދެވޭނެ ކަންކަން:
- ނާޒުކު ޙާލަތުގައިވާ ފަރާތްތަކަށް ދިރިއުޅުމުގެ އާމްދަނީ އިތުރު ކުރުމުގެ ފުރުޞަތު ހޯދައިދިނުން.
- ފުރުޞަތު ގެއްލިފައިވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ހޯދައިދިނުން.
- ތިނަދޫ ސިޓީގެ ރަށްވެހީންގެ މަސައްކަތްތެރިކަމުގެ ޤާބިލްކަން އިތުރުކޮށް، އާމްދަނީ ލިބޭނެ ފުރުޞަތު ހޯދައިދިނުން.
- ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދައިގަނެވޭވަރުގެ އާމްދަނީއެއް ލިބޭނެފަދަ ވަޒީފާގެ ފުރުޞަތު ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.
މިފުރުޞަތުތަކަށް މީހުން ހޮވުމުގެ މަރުޙަލާ ކުރިއަށްދާނެގޮތް:
ހުށައަޅާ ފަރާތްތަކުގެތެރެއިން މީހުން ޝޯޓްލިސްޓް ކުރެވޭނީ މަތީގައިވާ ޝަރުޠުތަކަށް ބަލައިގެން ކޯސްތަކަށް ލިބިފައިހުންނަ އެޕްލިކޭޝަންތަކަށް ބަލައި، 5 ކެޓަގަރީއަށް ބައިވެރީން ނެގޭނެ ގޮތަކަށް ބަލައިގެންނެވެ.
- 50 ފަރާތުގެ ލިސްޓު ފައިނަލް ކުރައްވާނީ ތިނަދޫސިޓީގެ މޭޔަރުގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އިދާރީ ކޮމެޓީއަކުން. އަދި މިމަރުޙަލާގައި ކޮންމެހެން ބޭނުންވެއްޖެ ކެނޑިޑޭޓަކާއި އިންޓަރވިއުވެސް ކުރެވޭނެ.
- މިގޮތުން ހޮވޭ ނަންތައް ސްކޮލަރޝިޕްތައް ދޭ ފަރާތަށް ފޮނުވޭނެ.
- ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި، ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށްވެސް އެކަން ލިޔުމުން އަންގަމުން ގެންދެވޭނެ.
- މިފުރުޞަތުތަކަށް ހޮވޭ 50 ފަރާތުގެ ނަންތައް ސްކޮލަރޝިޕްދޭ ފަރާތަށް ފޮނުވުމުން އެތަނުން ސްކްރީން ކުރެއްވުމަށްފަހު ކޮންމެ ބައިވެރިއަކު ފުރުއްވަންޖެހޭ އިތުރު ތަފްޞީލް ފޯމެއް މިއިދާރާ މެދުވެރިވެ ބައިވެރީންނަށް ފޯރުކޮށްދޭނެ. އަދި މިފޯމް ފުރުމަށް މުއްދަތެއް ދެވޭނެ.
- ފޯމު ފުރުއްވުމަށްފަހު ކޯހަށް ހޮވިއްޖެކަން ކަށަވަރުކޮށްދީ، ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެފަރާތްތަކަށް ވަކިވަކީން އެންގޭނެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރަމެވެ.
15 ޝައްވާލް 1446 .ހ