މަސައްކަތް
ނަންބަރު: 170-B/1/2015/29
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:07
ސުންގަޑި: 24 އޮގަސްޓް 2015 11:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވަންނަ މައިދޮރާށްޓާއި، އިމާރާތުގެ ބޭރު އަދި އެތެރޭގެ ބައެއް ތަންތަން ރީޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން ބާޠިލުކުރުން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ކޮށްފައިވާ ނަންބަރު: B/1/2015/29-ފ170 އިޢުލާނު ބާޠިލުކުރުން:

އަންދާސީހިސާބު ބޭނުންވެއްޖެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަންނަ މައިދޮރާށްޓާއި، އިމާރާތުގެ ބޭރު އަދި އެތެރޭގެ ބައެއް ތަންތަން ރީޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާނަށް އެންމެ ފަރާތަކުން ކުރިމަތިލައްވާފައިވާތީ އެއިޢުލާނު ބާޠިލުކޮށް، އަލުން އެއިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 24 އޮގަސްޓު 2015 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 އޮގަސްޓު 2015 ވާ (ހޯމަ) ދުވަހުގެ 13:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

ޓެލެފޯނު ނަންބަރު: 3321295 އަށް ގުޅުއްވުން އެދެމެވެ. 

02 ޛުލްޤަޢިދާ 1436                  

17 އޮގަސްޓް 2015