ދިވެހިރާއްޖެ
އިޢުލާން
1446 ވަނަ އަހަރުގެއަޟްޙާ ޢީދުގެ ޙަރަކާތްތަކާ ގުޅޭ ގޮތުން ރައްޔިތުންނާއި މަޝްވަރާ ކުރުން
1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ޙަރަކާތްތައް ކުރިޔަށް ގެންދިއުމާއިގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާކުރުމަށް، ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރޭވިފައިވާ ޙަރަކާތްތަކާއި، އިތުރު ހުށަހެޅުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި ޢީދުގެ ޙަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވެދެއްވޭނެ ފަރާތްތަކަށްވެސް ފުރުޞަތު ހުޅުވާލެވޭނެއެވެ. އަދި މި ބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން ޢީދު ކޮމިޓީއަށް މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
ތާރީޚް: 17 އޭޕްރިލް 2025 (ބުރާސްފަތި)
ގަޑި: ރޭގަނޑު 8:30
ތަން: ރ. މާކުރަތު އިޖްތިމާޢީ މަރުކަޒު
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ، އަޟްހާ ޢީދު ފާހަގަ ކުރުމުގައި ބިނާކުރަނިވި ޚިޔާލުތަކާއި ހުށަހެޅުންތައް ހުށަހެޅުއްވުމަށާއި، ޢީދުގެ ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ހުރިހާ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
16 ޝައްވާލު 1446