ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިނާމު ދިނުމުގެ ޖަލްސާއަށްް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ހޯދުމާއިބެހޭ
މި ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތަކެތި ތައްޔާރުކޮށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮގަސްޓު 23 ވާ ބުދަ ދުވަހުގެ 11:00 އަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮގަސްޓު 26 ވާ ބުދަ ދުވަހުގެ 11:30 ގައި މި ސްކޫލުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާ ފަރާތުން އެހެން ފަރާތެއް ތަމްސީލު ކުރައްވާނަމަ އެ ތަމްސީލުކުރައްވާ ފަރާތެއްގެ ލިޔުމެއް ގެންނަންވާނެއެވެ. އެ ލިޔުމުގައި އެފަރާތުގެ ބަދަލުގައި ހާޒިރުވާނެ ފަރާތުގެ މަޢުލޫމާތު ބަޔާންކުރެވިފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ކާކުކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދަސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528041 ނަންބަރު ފޯނަށެވެ.
02 ޛުލްޤަޢިދާ 1436