ދިވެހިރާއްޖެ
އިޢުލާން
ފަޔަރވޯލް ލައިސަންސް އައުކުރުން
މި ބިއުރޯގައި ބޭނުން ކުރަމުންދާ ފަޔަރވޯލް ލައިސަންސް 1 އަހަރު ދުވަހަށް އައުކުރަން ބޭނުންވެއްޖެއެވެ.
ވީމާ، މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2025 އޭޕްރީލް 23 ވަނަ ދުވަހުގެ 14:00 އަށް މިބިއުރޯ ހިނގަމުންދާ ޢިމާރާތް " ދާރުލް އީމާން ބިލްޑިންގ" ގެ 8 ވަނަ ފަންގެފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. ބީލަމްގައި ބައިވެރިވާ ފަރާތްތަކުން 2025 އޭޕްރީލް 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބީލަމްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލްކުރައްވައި ރަޖިސްޓްރިވެފައިވާކަން ޔަގީން ކުރައްވަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މިމަސައްކަތް ކޮށްދެއްވުމަށް ކުރިމަތިލެވޭނީ މިފަދަ ޚިދުމަތް ދެއްވާ އޮތޮރައިސްޑް ރީސެލަރއިންނަށް ނަށެވެ.
މިބީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008400 އަށް ގުޅުއްވުން އެދެމެވެ.
16 ޝައްވާލް 1446
14 އޭޕްރީލް 2025