ވަޒީފާގެ ފުރުޞަތު
ނަންބަރު: GS02/IUL/2015/24
ޕަބްލިޝްކުރި ތާރީޚް: 16 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 25 އޮގަސްޓް 2015 14:00
ހދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެެއް)

މަޤާމުގެ ރޭންކް

ޖީ. އެސް. 4

މަޤާމުގެ ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 2

މަޤާމް އޮތް އޮފީސް

ހދ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް

ހދ. އަތޮޅު ތަޢުލީމީ މަރުކަޒު / ހދ. ކުޅުދުއްފުށި

ސެކްޝަން

އެޑްމިން

މުސާރަ

މަހަކު -/5،020 ރުފިޔާ

އެލަވަންސް

މަހަކު -/1،500 ރުފިޔާ

އިތުރު ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

މަޤާމުގެ ޝަރުޠު

 

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ  އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ސިޓީ/ މެސެޖް، ބަލައިގަނެ އެންޓަރކުރުމާއި، ލިޔުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި، އެތަންތަނަށް ލިބުނުކަން ކަށަވަރުކޮށް، އެކަން އެނގޭގޮތަށް ރެކޯޑް ބަލަހައްޓައި، އެ ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.
  2. ސުކޫލްގައި ހިމެނޭ އެންމެހައި ތަކެތީގެ ސްޓޮކާއި އިންވެންޓްރީ ބެލެހެއްޓުމާއި، ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމަށް ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދައި، ނީލަންކިޔުމުގެ އެންމެހައި ކަންކަން ކުރުން.
  3. އިދާރީ މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީގައި ތިބޭ ދުވަސްވަރު، އިދާރީގޮތުން ބެލެހެއްޓުމަށް ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.
  4. ދަރިވަރުންގެ ލީވިންގ ސެޓްފިކެޓް ތައްޔާރުކޮށް، ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ހަވާލުކުރުން.
  5. ޔައުމިއްޔާ ލިޔެ ސޮއިކުރުވުން.
  6. ސްކޫލުން ބާއްވާ މީޓިންގތަކަށް އެންގުން.
  7. ދަރިވަރުންގެ ރަޖިސްޓްރީ ޤަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކޮށް، ޗުއްޓީއަށް ދިއުމުގެ ކުރިން މުވައްޒަފާ ހަވާލުކުރުން.
  9. ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި، ކޯކަރިކިއުލަރ އެކްޓިވިޓީސްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.
  10. ސްކޫލަށް ހޯދަންޖެހޭ ތަކެތި ގަތުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތު ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި  މި މަރުކަޒުގެ އޮފީހުން ވެސް ފޯމު ލިބެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

 

- މި ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަރުކަޒުގެ އޮފީހަށެވެ.

ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 25 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 2:00 އެވެ.

އިންޓަވިއުކުރުން

 

- މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 އޮގަސްޓު 2015 އާއި 31 އޮގަސްޓު 2015 އާ ދެމެދު ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށާއި މަސައްކަތަށް ބޭނުންވާ ހުނަރު ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ.

- އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ނޯޓް

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 6528817 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

2 ޛުލްޤަޢިދާ 1436

16 އޮގަސްޓް 2015