ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(LR)/23/2025/73
ޕަބްލިޝްކުރި ތާރީޚް: 14 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 20 އެޕްރީލް 2025 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތު އޮފިސަރ

 

އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް

ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ކޮމިއުނިޓީ ހެލްތު އޮފިސަރ

މަޤާމުގެ ނަންބަރު

      J-387066

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ވަގުތީ (06 މަސް)

މަޤާމުގެ ރޭންކް

ރޭންކް 5 – ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޝަން ޑިވިޜަން، އެންފޯސްމަންޓް އެންޑް އޮޑިޓްސް ސެކްޝަން، އިންސްޕެކްޝަން ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު / މާލެ

މުސާރަ

-/10,064 ރުފިޔާ

މަޤާމުގެ އެލަވަންސް

-/4,696 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 މޭ 2023 އިސްލާހާއި އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
  3. ހާޒިރީ އެލަވަންސް: ހާޒިރުވާ ދުވަހަކަށް -/127 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކޮލިޓީ އެޝުއަރަންސް އެންޑް ރެގިޔުލޭޝަން ޑިވިޝަނުން ކުރަންޖެހޭ އިންސްޕެކްޝަންތަކުގެ އިންސްޕެކްޝަން ޓޫލްތައް ހެދުމުގައި އެހީތެރިވެދިނުމާއި، އެސެސްމަންޓް އަދި މޮނިޓްރިން ދަތުރުތައް ރާވައި ފީލްޑްދަތުރުތަކުގައި ބައިވެރިވެ ފަންނީ ލަފާދީ، އަޅަންޖެހޭ ފިޔަވަޅުތައް، ޚިދުމަތްދޭ ތަންތަނަށް އެންގިފައިވޭތޯ ބެލުމަށް ފަހު ރަނގަޅުކުރަން ބުނެފައިވާ ކަންކަން ރަނގަޅު ކުރިތޯ ބެލުން އަދި ރިޕޯޓް ތައްޔާރުކޮށް ރިޕޯޓް ލިބެންވާ ފަރާތްތަކަށް ރިޕޯޓް ލިބި އެކްޝަންތައް ނެގޭތޯ ބެލުން.
  2. އަލަށް ޞިއްޙީޙިދުމަތް ދިނުމަށް އެދި ހުށަހަޅާ ތަންތަން މިނިސްޓްރީން ކަނޑައަޅާ ޤާނޫނުތަކާ، ޤަވާއިދުތަކާ، ގައިޑްލައިން އަދި ސްޓޭންޑަޑްތަކާއެއްގޮތަށް ހުރިތޯބަލައި އިންސްޕެކްޓް ކޮށް ރިޕޯޓް ތައްޔާރުކުރުން.
  3. މިނިސްޓްރީ އޮފް ހެލްތުން ހުއްދަދީގެން ހިންގަމުންދާ ޞިއްޙީޙިދުމަތްދޭ ތަންތަން ތާވަލްކޮށްގެން ، ތާވަލާ އެއްގޮތަށް މިނިސްޓްރީން ކަނޑައަޅާ ޤާނޫނުތަކާ، ޤަވާއިދުތަކާ، ގައިޑްލައިން އަދި ސްޓޭންޑަޑްތަކާއެއްގޮތަށް ހުރިތޯބަލައި އިންސްޕެކްޓް ކޮށް ރިޕޯޓް ތައްޔާރުކުރުން.
  4. ސިއްހީ ހިދުމަތަކާއި ނުވަތަ ސިއްހީ ހިދުމަތްދޭ ތަނަކާއި ގުޅޭގޮތުން ހުށްހެޅޭމައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިސްޕެކްޓް ކުރުން.
  5. ޑިވިޝަނުން ބޭރުން އެހެން ތަނަކުން އިންސްޕެކްޓް ކުރުމަށްފަހު ލިބޭ ރިޕޯޓުތަށް ވެރިފައިކޮށް ފައިނަލައިޒްކޮށް ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުން.
  6. ޞިއްޙީ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އިންސްޕެކްޝަންއިން ފާހަގަ ކުރެވޭ އިޞްލާޙުކުރަންޖެހޭ ކަންތައްތައް ލައިސަންސިނގ ޔުނިޓު މެދުވެރިކޮށް އެތަންތަނަށް އެންގުން.
  7. ކޮލިޓީ އޮފް ކެއަރ މޮނިޓަރ ކުރުމަށްޓަކައި ބޭނުންކުރާނެ " ކޮލިޓީ އިންޑިކޭޓަރސް" ކަނޑައެޅުމާއި ސްޓޭންޑަރޑް ސެކްޝަނުން ލިޔެ އެޕްރޫވް ކުރާ ނެޝަނަލް ސްޓޭންޑަޑްސް އަދި ގައިޑްލައިންސް އިންޕްލިމަންޓް ކުރުމަށް ޑިވެލޮޕްކުރާ އިންސްޕެކްޝަން އޮޑިޓިންގް ޓޫލް ބޭނުންކޮށްގެންކުރާ އޮޑިޓްތައް ކުރުން.
  8. ނެޝަނަލް އެކްރިޑިޓޭޝަން މެކޭނިޒަމް އެއް ޤާއިމުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުމަށް އެހީތެރިވެދިނުން އަދި ޞިއްޙީ ޚިދުމަތްދޭ ތަންތަން އެކްރިޑޭޓް ކުރުމަށް ތައްޔާރުކުރުން.
  9. އިންސްޕެކްޝަން ، އެސެސްމަންޓް އަދި އޮޑިޓް ރިޕޯޓުތައް އެކުލަވާލާ ފޮލޯއަޕް ހެދުން.
  10. ކޮލިޓީ އެޝުއަރެންސް އެންޑް ރެގިޔުލޭޝަން ޑިވިޜަނުން އަހަރު ތެރޭގައި ހެދޭ އެސްމެންޓްތަކާއި، ކުރެވޭ އިންސްޕެކްޝަން ތަކަށް ބަލައި ތައްޔާރުކުރާ އަހަރީ އިންސްޕެކްޝަން ރިޕޯޓަށް ބޭނުންވާ މައުލޫމާތު ޝީޓް ތައްޔާރުކުރުން. އަދި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު ކަންކަން ބަލާ އެކަންކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ބެލެހެއްޓުން.
  11. ކޮލިޓީ އެޝުއަރެންސް އެންޑް ރެގިޔުލޭޝަން ޑިވިޜަންގެ މެންޑޭޓް ޙާސިލްކުރުމަށް ޑިވިޜަންގެ އޮނިގަނޑުގައި މުވައްޒަފު މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ ސެކްސަން ނޫން އެހެން ސެކްޝަންތަކުގެ މަސައްކަތްތައް ނިންމުމުގައި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  12. ޞިއްޙީ ޚިދުމަތްތައް ދިނުމަށް ބެނުންވާ އެޑްމިނިސްޓްރޭޓިވް / މެނޭޖްމަންޓް ސްޓޭންޑަރޑް ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންކަންކުރުމާއި، ނެޝަނަލް ސްޓޭންޑަރޑްސް އާއި އެއްގޮތައްތޯ އިންސްޕެކްޓްކޮށް މޮނިޓަރ ކުރުމާއި ރިޕޯޓުތައް އެކުލަވާލާ ފޮލޯއަޕް ހެދުން.
  13. އިދާރީ ގޮތުން ސެކްޝަންގައި ކުރަންހުންނަ މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރުމާއި ސެކްޝަނަށް ލިބޭ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ ވެރިންގެ މަޝްވަރާއާއި އޮންނަ އުސޫލުތަކުގެ މަތިން ޖަވާބުތައްޔާރުކޮށް ފޮނުވުން އަދި ފޮލޯއަޕް ހަދަންޖެހޭ ކަންކަން ބަލާ އެކަންކަން ކުރުމާއި ޑިވިޝަންގެ ފަރާތުން ބާއްވަންޖެހޭ ބައްދަލުވުންތައް ތައްޔާރު ކުރުން.
  14. ޑިވިޜަން ރެޕްރެޒެންޓް ކުރަންޖެހޭ ހާލަތްތަކުގައި ފުރިހަމަ އަށް ބައިވެރިވުން އަދި މިނިސްޓްރީގެ ސިޔާސަތުތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ތަކުގައި ފުރިހަމައަށް ބައިވެރިވެ ހިއްސާކުރުން.
  15. ސިއްހީ އެމަރޖެންސީތަކާ،ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ޤަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ތަޢުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތު
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕަބްލިކް ހެލްތު

ގުޅޭ ވަޒީފާގެ ދާއިރާ

  • ޕަބްލިކް ހެލްތު ސަރވިސަސް
  • ކޮމިއުނިޓީ ހެލްތު ސަރވިސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

   7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:  

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 20 އެޕްރީލް 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected]  އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، އިމްތިޙާނު، އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އޮންނާނީ، 2025 އެޕްރީލް/މެއި މަހު މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި  އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]   އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014408,3014407  ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 އެޕްރީލް 2025