ވަޒީފާގެ ފުރުޞަތު
ނަންބަރު: GS110/IUL/2025/07
ޕަބްލިޝްކުރި ތާރީޚް: 14 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:43
ސުންގަޑި: 22 އެޕްރީލް 2025 12:00
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

މަޤާމު:

އެޑްމިނިސްޓްރޭޓަރ

މަޤާމުގެ ނަންބަރު:

J-409160

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ގޮއިދޫ ސްކޫލް / ށ.ގޮއިދޫ

މުސާރަ:

-/7035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

04. ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 900.00

05. ސްޕެޝަލް ޑިއުޓީ އެލަވަންސް- މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ސްކޫލަށް އަހަރުދުވަހަށް ކަނޑައަޅާ ބަޖެޓް ސަރުކާރުގެ މުދަލާ ފައިސާ ބެލެހެއްޓުމުގެ އުޞޫލާއެއްގޮތަށް ބެލެހެއްޓުން. ހިންގުމުގެ ހަރަދު ފައިސާއިން ހަރަދުކޮށްގެން ހޯދަންޖެހޭ ތަކެތި ހޯދުމާއި ކުރަންޖެހޭ މަސައްކަތްތަކާއި މަރާމާތު އިސްވެރިޔާގެ މަޝްވަރާގެ މަތިން ކުރުން. ހިންގުމުގެ ހަރަދު ކުރުމަށް ހުއްދަދީ ބަޖެޓްބާކީއާއި އެކައުންޓްބާކީއާއި އައިޓަމްތަކުގެ ބާކީއިން ބާކީކުރެވުނުތޯ ބަލައި ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ހަވާލުކުރެވުނުތޯ ބެލުން، މަސްނިމުމުން ހުއްދަދޭ ފޮތާއި، ފައިސާ ހަވާލުކުރާފޮތާއި، ބަޖެޓްބާކީއާއި، އެކައުންޓްބާކީއާއި އަދި އައިޓަމްބާކީ ފޮތް ޖުމްލަކުރުން. އަހަރު ނިމޭއިރު ހިންގުމުގެ ހަރަދު ފައިސާއިން ހަރަދުނުކުރެވި ހުންނަ ފައިސާ 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ މާލީއްޔާއަށް ޖަމާކުރުން

 

  • ފަންޑު ބެލެހެއްޓުން. ސްކޫލް ފަންޑަށް ލިބޭ ފައިސާއަށް ރަސިދުހެދި ރަސީދު ދޫކުރެވޭތޯ ބެލުން. ސްކޫލް ފަންޑަށް ލިބޭ ފައިސާ އެންމެ އަވަސް މުއްދަތެއްގެތެރޭގައި ބޭންކަށް ޖަމާކުރުން. ފަންޑް ފައިސާއިން ކުރަންޖެހޭ ޚަރަދުތައް އިސްވެރިޔާގެ މަޝްވަރާގެ މަތިން ކުރުން. ފަންޑް ފައިސާއިން ހަރަދުކުރުމަށް ހުއްދަދީ، ފަންޑުބާކީއާއި، އެކައުންޓްބާކީއާއި، އައިޓަމްތަކުގެ ބާކީ އިން ބާކީކުރެވުނުތޯ ބަލައި ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ހަވާލުކުރެވުނުތޯ ބެލުން. މަސްނިމުމުން ހުއްދަދޭ ފޮތާއި، ފައިސާ ހަވާލުކުރާފޮތާއި، ބަޖެޓްބާކީއާއި، އެކައުންޓްބާކީއާއި އަދި އައިޓަމްބާކީ ފޮތް ޖުމްލަކުރުން. ބޭންކް އޮފް މޯޅްޑިވްސްގައި އޮންނަ ސްކޫލްގެ ފަންޑް އެކައުންޓް އޮޕަރޭޓްކުރުން

 

 

  • މުސާރަ ފައިސާގެ ކަންތައް ބެލެހެއްޓުން. މުވައްޒަފުންގެ މުސާރަ ޝީޓާއި އިތުރުގަޑީގެ ރިޕޯޓް އަދި ޕޭމަންޓް ވައުޗާރތައް ތައްޔާރުކުރުވައި ޗެކްކުރި ސޮއި، ހުއްދަދެވުނު ސޮއި ފުރިހަމަ ކުރުވުމަށްފަހު، ހިނގާމަހުގެ 18 ގެ ކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.. ލިބޭފައިސާއާއި ކުރެވޭ ޚަރަދު ޑޭޓާބޭސްއަށްނަގާ އަޕްޑޭޓްކުރުވުން. މުވައްޒަފަކަށް ލިބެންވާ ފައިސާ އޮޅުމަކުން ޖަމާނުކުރެވޭނަމަ އެފައިސާ ޖަމާކޮށްދިނުން. މުވައްޒަފުންގެ މުސާރައިން ކަނޑާ ގަޑިލާރި، ޖުރުމާނާ، ކްރެޑިޓްސްކީމް، ޕްރޮވިޑެންޓް ފައިސާ ފަދަ އެންމެހައި ފައިސާ، އެފައިސާ ލިބެންވާ ފަރާތްތަކަށް ރައްދުކުރުމާއި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން. މުސާރަ ފައިސާއާއި ބެހޭ ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.

 

  • ތިޖޫރީބާކީ ބެލެހެއްޓުން. ތިޖޫރީއަށްލެވޭ ފައިސާ ތިޖޫރީބާކީއަށާއި ތިޖޫރީގައި ހުންނަ ފައިސާގެ އައިޓަމްތަކުގެ ބާކީއަށް އެރުވޭނެ އިންތިޒާމް ހަމަޖެއްސުން. ތިޖޫރީއަށްލެވޭ ފައިސާގެ ތެރެއިން ސްކޫލްފަންޑް ފައިސާ 30 ދުވަހުގެ ތެރޭގައި އައިޓަމްތަކުގެ ބާކީއާއި ތިޖޫރީބާކީއިން ބާކީކޮށް ބޭންކަށް ޖަމާކުރުވައި ފަންޑުބާކީ، އެކައުންޓްބާކީ ފަންޑް އައިޓަމްތަކުގެ ބާކީއަށް އަރުވާނެ އިންތިޒާމް ހަމަޖެއްސުން.. ތިޖޫރީއަށް ޖަމާކުރެވޭ ފައިސާގެ ތެރެއިން ސަރުކާރުގެ މާލިއްޔަތަށް ލިބެންޖެހޭ ފައިސާ 15 ދުވަހުގެ ތެރޭ ފައިސާ ހަވާލުކުރާ ފޮތުގައި ލިޔެ ސަރުކާރުގެ މާލީއްޔާއަށް ޖަމާކުރުވައި އައިޓމްތަކުގެ ބާކީއާއި ތިޖޫރީބާކީއިން ބާކީކުރުވުން.. ތިޖޫރީއަށް ޖަމާކުރެވޭ ފައިސާގެ ތެރެއިން މަތީގައިވާ ނުކުތާތަކުގައި ނުހިމެނޭ އެންމެހައި ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރަންޖެހޭ މުއްދަތުގެ ތެރޭގައި ހަވާލުކުރާ ފޮތުގައި ލިޔެ ހަވާލުކޮށް އައިޓަމްތަކުގެ ބާކީއާއި ތިޖޫރީބާކީއިން ބާކީކުރުވުން.

 

  • ކޮންމެ މީލާދީ މަހެއް ނިމުމުން ބަޖެޓް ރިޕޯޓްތައް ހިނގާމަހުގެ 1 އިން 10 އާދެމެދު ނިންމުވުން. އަދި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއެކު އިސްވެރިޔާއަށް ކޮޕީ ހުށަހެޅުން
    ކިޔެވުން އޮންނަ ދުވަސްދުވަހު ހެނދުނު 06:30 ގައިއާއި، ކިޔެވުން ނޯންނަ ސަރުކާރު ބަންދުނޫން ދުވަސްދުވަހު ހެނދުނު 07:50 ގައި ސްކޫލް ހުޅުވޭނެ އިންތިޒާމު ހަމަޖެއްސުމާއި ކަނޑައެޅިފައިވާ ޤަވާއިދުގެ މަތިން ސްކޫލް ލެއްޕުމުގެ އިންތިޒާމު ހަމަޖައްސައި އެކަން އެގޮތަށް ހިނގާތޯ ބެލުން.

 

  • އެކިއެކި ބައްދަލުވުން ވޯކްޝޮޕްތަކާއި ސެމިނާފަދަ ކަންކަމަށް ސްކޫލް ހުޅުވާ ލެއްޕޭނެ އިންތިޒާމް ހަމަޖެއްސުން

 

 

  • އިދާރީ ހިންގުމުގެ ކަންތައްތައް މޮނީޓަރކޮށް ބެލެހެއްޓުމަށް ތައްޔާރުކުރެވިފައިވާ ދުވަހު ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓާއި ޓާމްރިޕޯޓް ކަނޑައެޅިފައިވާ ދުވަހަށް އިސްވެރިޔާއަށް ހުށަހެޅުން

 

  • އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި، ޕްރިންޓަރއާއި، ޙަވާލުކުރެވިފައިވާ މަސައްކަތު މީހުންނާއި، ވޮޗަރުންގެ މަސައްކަތް ސުޕަވައިޒްކުރުން. މަސައްކަތު މީހުންނާއި ހަވާލުކުރެވިފައިވާ ފޮޅާސާފުކުރުމުގެ މަސައްކަތާއި އެހެނިހެން މަސައްކަތް ކުރެވޭތޯ ދުވަހުން ދުވަހަށް ބަލައި ސުޕަވައިޒްކުރުން. މަސައްކަތު މީހުންގެ ޑިއުޓީގައި ގަވައިދުން ސްކޫލްގައި ތިބޭތޯބަލައި ޑިއުޓީގައި ބޭރަށްގޮސް ހަދަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން. އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ ޑިއުޓީގައި ސްކޫލަށް ގަވާއިދުން ހާޟިރުވޭތޯ ބެލުމާއި ހަވާލުކުރެވިފައިވާ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ކަނޑައެޅިފައިވާ ފެންވަރަށް ކުރެވޭތޯ ބަލައި ސުޕަވައިޒްކުރުން. މަތީގައި ބަޔާންކުރެވުނު މުވައްޒަފުންނާއި ހަވާލުކުރެވިފައިވާ މަސައްކަތް ފަރުވާކުޑަކަމަށް ފާހަގަކުރެވޭނަމަ އިސްވެރިޔާގެ މަޝްވަރާގެ މަތީން އަވަސް ފިޔަވަޅު އެޅުން. އިދާރީ މުވައްޒަފުން ޑިއުޓީ ގަޑީގައި ބޭރަށް ދިއުމަށް ހުއްދަދިނުމާއި އެކަން ބެލެހެއްޓުން. އިދާރީ މުވައްޒަފުންގެ ތެރެއިން ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތާއި ގުޅޭގޮތުން ދުވަހު ރިޕޯޓާއި، މަހު ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކުން އެކަން ބަރާބަރަށް ކުރޭތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ އެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-    މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-    މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގު(ތައް):

އެޑްމިނިސްޓްރޭޝަން

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒިނަސް މެނޭޖްމެންޓް

މެނޭޖްމެންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒިނަސް މެނޭޖްމެންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

މަޤާމުގެ ކޯ ޑިސިޕްލިން

ނެތް

ނޯޓް: ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ. އެފަރާތަކަށް ކްރައިޓީރިއާގައިވާ ކޯ / ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މަޤާމަށް ކަނޑައަޅާފައިވާ މަސައްކަތުގެ ދާއިރާ ތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

މަޤާމަށް ކަނޑައަޅާފައިވާ ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ނަމަ ދެވޭ ޕޮއިންޓު

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޭޕްރިލް 2025 ވާ އަންގާރަ ދުވަހު 12:00 ގެ ކުރިން ގޮއިދޫ ސްކޫލަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް  އޮންނާނީ، 01 މެއި 2025 އާއި 06 މެއި 2025 އާ ދެމެދު، ގޮއިދޫ ސްކޫލުގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540582 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

14 އެޕްރީލް 2025