ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2025/74
ޕަބްލިޝްކުރި ތާރީޚް: 14 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 09:50
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ނަގަށްޖެހޭ ހުއްދަ ނެގުމާއި ގުޅޭ
އިޢުލާން
މިހާރަކަށް އައިސް ތިނަދޫ ސިޓީގައި އެކިއެކި ކޮންސްޓްރަކްޝަންގެ މަސައްކަތް އެކި ފަރާތްތަކުން ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. ނަމަވެސް ގިނަ ފަރާތްތަކުން މިފަދަ މަސައްކަތް ކުރިއަށް ގެންދާއިރު ކައުންސިލުން ނަގަންޖެހޭ ހުއްދަތައް ނެންގެވުމަކާއި ނުލައި، މަގު ބޭނުންކުރާ މީހުންނަށް އުދަނގޫވާގޮތަށް ތަކެތި ބެހެއްޓުން އަދި ކޮންސްޓްރަކްޝަން ސައިޓްގައި ހުންނަން
ޖެހޭ ސަލާމަތީ މިންގަޑުތައް ނުހުންނަކަންވެސް ފާހަގަކުރެވެއެވެ. ވީމާ، ތިނަދޫ ސިޓީގައި އެއްވެސް ކޮންސްޓްރަކްޝަން މަސައްކަތެއް ކުރިއަށް ގެންދެވުމުގެ ކުރިން ތިނަދޫ ސިޓީ ކައުންސިލްގެ ހުއްދަ ނެންގެވުމަށް އެންމެހައި ފަރާތްތަކަށް އާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
14 އެޕްރީލް 2025