މުބާރާތް
ނަންބަރު: (IUL)325-A/325/2025/29
ޕަބްލިޝްކުރި ތާރީޚް: 14 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 11 މޭ 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޤުރުއާން މުބާރާތް

މިކައުންސިލްގެ ނަންބަރ(IUL)325-MS/325/2025/17އިޢުލާން އާއިގުޅިގެންދަންނަވަމެވެ.މިކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ޖޫން 2025 ވާ ބުރާސްފަތި ދުވަހުއެވެ.  

            ވީމާ ، މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނާއި ޢާންމު ފަރާތްތަކުން 11 މެއި 2025 ވާ އާދިއްތަ ދުވަހުގެ 13.00ގެ ކުރިން  ކައުންސިލްއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށްއެދޭފޯމް ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިކައުންސިލުން ލިބެން ހުންނާނެއެވެ. ކީ ސްޓޭޖް 5 ގައި ބައިވެރިވާ ސްކޫލް ދަރިވަރުން ފިޔަވާ، އެނޫން ކޮންމެ ބައިވެރިޔަކީ ގޮއިދޫގައި ރަޖިސްޓްރީވެފައިވާ ނުވަތަ އެފަރާތެއްގެ މަންމަ ނުވަތަ ބައްޕަ ގޮއިދޫގައި ރަޖިސްޓްރީ ވެފައިވާ ނުވަތަ އެފަރާތެއްގެ އަނބި ނުވަތަ ފިރީމީހާއަކީ ގޮއިދޫގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.

        މުބާރާތާގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ  ކައުންސިލަރ ރިޟްވާނާ އަބޫބަކުރު ( ފޯން 7799581 ) އަދި ސީނިއަރ ކައުންސިލް އޮފިސަރ އަޙުމަދު ނިޔާޒް ( ފޯން 7991054 ) އާއެވެ.  

        މިމުބާރާތުގައި އިނާމް ދިނުމަށް ހަމަޖެހިފައިވަނީ ހިތުންކިޔެވުމުގެ ބައިންނާއި ބަލައިގެން ކިޔެވުމުގެ ބައިން ތިރީގައި މިދަންނަވާ ގޮތަށެވެ.

  • މުޅި މުބާރާތުން 1ވަނަ -/ 5000 (ފަސްހާސް ރުފިޔާ)
  • މުޅި މުބާރާތުން 2ވަނަ -/3000 ( ތިންހާސް ރުފިޔާ)
  • މުޅި މުބާރާތުން 3ވަނަ -/1500 ( އެއްހާސް ފައްސަތޭކަ ރުފިޔާ)
  • އަދި ކީސްޓޭޖް ތަކުން ( ހިތުން ކިޔެވުމުގެ ބައިން އަދި ބަލައިގެން ކިޔެވުމުގެ ބައިން )
  • ކޮންމެ ކީސްޓޭޖަކުން 1 ވަނަ -/2000 (ދެހާސް ރުފިޔާ )
  • ކޮންމެ ކީސްޓޭޖަކުން 2 ވަނަ -/1000 (އެއްހާސް ރުފިޔާ)
  • ކޮންމެ ކީސްޓޭޖަކުން 3 ވަނަ -/500 (ފައްސަތޭކަ ރުފިޔާ)

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 އެޕްރީލް 2025