މަސައްކަތް
ނަންބަރު: (IUL)142-E1/1/2015/100
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި: 31 އޮގަސްޓް 2015 11:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
10 ފޮތެއް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދަން

އިސްލާމީ ދުނިޔޭގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ފަޟީލަތުއްޝައިޚު ޑރ. ޔޫސުފު ޤަރްޟާވީ ލިޔުއްވާފައިވާ ފޮތްތަކުގެ ތެރެއިން މި މިނިސްޓްރީން ކަނޑައަޅާ 10 ފޮތެއް ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

ވީމާ، މި މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި ހިނގާ އޮގަސްޓުމަހުގެ 31 ވާ ހޯމަދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދުމުގައި ތިރީގައިވާ ޝަރުޠުތަކަށް އިސްކަންދެވޭނެއެވެ.

  1. ޢަރަބި، ދިވެހި، އިނގިރޭސިބަސް ފަރިތަ ފަރާތެއްކަމުގައިވުން،
  2. ފޮތް ލިޔެ ތަރުޖަމާކުރުމުގައި 15 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާހުރި ފަރާތެއްކަމުގައިވުން.
  3. ޢަރަބިބަހާއި ދިވެހިބަހުގެ ގަވާއިދުތަކާއި ހަމަތަކާއި އުސޫލުތައް ދަންނަ ފަރާތެއްކަމުގައިވުން،

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7952338 ނުވަތަ 7741992 އަށެވެ.

18 އޮގަސްޓް 2015