ދިވެހިރާއްޖެ
ޅ. އަތޮޅު ހޮސްޕިޓަލްގެ 04 ވަނަ ފަންގިފިލާ އަދި 05 ވަނަ ފަންގިފިލާ ގެ ސީލިންގ މަރާމާތުކުރުމާއި އަދި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
މިހޮސްޕިޓަލްގެ 4 ވަނަ ފަންގިލާ އަދި 5 ވަނަ ފަންގިފިލާގެ ސީލިންގ މަރާމާތުކުރުމާއި އަދި ކުރަންހުރި ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތް މި ހޮސްޕިޓަލުން ފޯރުކޮށްދޭ މަޢްލޫމާތާއި އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ބީލަން ހުޅުވާލަމެވެ. މި މަސައްކަތްތައް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއި އެކު ގެޒެޓްގައި ޝާއިޢު ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް މިހޮސްޕިޓަލްގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ބީލަން ރަޖިސްޓްރީ ކުރުން |
22 އެޕްރީލް 2025 އަންގާރަ ދުވަހުގެ 13:00 ގެ ނިޔަލަށް |
ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފަރާތްތަކަށް ބިޑާއިބެހޭ ލިޔެކިޔުންތައް މިހޮސްޕިޓަލުން ފޮނުވާދެވެނޭކަމުގައި ދަންނަވަމެވެ.
ފްރީބިޑް މީޓިންގ އަދި ބީލަން ހުށަހެޅުން އޮންނާނީ ތިރީގައި ދެންނެވިފައިވާ ގޮތުގެމަތިން މި ހޮސްޕިޓަލްގެ މީޓިންގ ހޯލްގައެވެ.
ފްރީބިޑް މީޓިންގ |
24 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 |
ބީލަންހުށަހެޅުމާއި ، ބީލަން ހުޅުވުން |
29 އެޕްރީލް 2025 ވާ އަންގާރަ ދުވަހުގެ 13:00 |
ބީލަމުގައި ރަޖިސްޓަރީކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރީކޮށްފައި ނުވާ ފަރާތްތަކާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަންތައް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.