ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)88-ADHR/88/2025/135
ޕަބްލިޝްކުރި ތާރީޚް: 13 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 22 އެޕްރީލް 2025 12:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ

އިޢުލާނު

 

މަޤާމު:

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު:

J-408821

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓް،ޕޮލިސީ އެންޑް ޕްލޭނިންގ ސެކްޝަން، މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޔުނިޓް/ މިނިސްޓްރީ އޮފް ޓޫރިޒަމް އެންވަޔަރަންމަންޓް، މާލެ

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  • ޓެކްނިކަލް ކޯ ގެ ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 . އަދި ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުނި މެނޭޖުކުރުމާއި ޕޮލިއުޝާނާއި ގުޅޭގޮތުން ޑިޕާޓްމަންޓް އިން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅިގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއިއެކު ކުރަންޖެހޭ މަޝްވަރާތަކަށް ބޭނުންވާ ޑޮކިއުމަންޓްތައް ތައްޔާރުކޮށް މަޝްވަރާތަކުގައި ބައިވެރިވުން.
  2. ޑިޕާޓްމަންޓްގެ ވާރކްޕްލޭންއާއި އެއްގޮތަށް ޕްލޭންގައި ހިމަނާފައިވާ މަސައްކަތްތަށް ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީ ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިއެކިއުންތައް ތައްޔާރުކުރުމާއި އެލިއެކިއުންތައް ޑިޕާޓްމަންޓްގެ ވެރިއާގެ ލަފާގެމަތިން އެހީހޯދުމަށް ހުށަހަޅާ އެކަމާއި ބެހޭ މަޝްވަރާތަށް ކުރިއަށްގެންދިއުން،
  3. ރާއްޖޭގައި ގާއިމުކުރާ ރީޖަނަލް ވޭސްޓްމެނޭޖްމަންޓް ފެސިލިޓީތަކުގެ ކޮންޓްރެކްޓަރުންނާއި ދެމެދު އުފެދޭ މައްސަލަތައް (ކޮންފްލިކްޓްތައް) ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި ރިޕޯޓް ތައްޔާރުކުރުން،
  4. ކުނި މެނޭޖްކުރުމާއި، ވެށި ތަޣައްރުވުން ހުއްޓުވުމަށް ޑިޕާޓްމަންޓްއިން ރަށްރަށުގައި ކުރިއަށްގެންދާ މަސައްކަތްތަކަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ގޮތަކަށް ރާވާ އެމަސަކަތްތައް ކުރިއަށްދަނީ އެޕްލޭނާއި އެއްގޮތަށްތޯ ކަށަވަރުކޮށް މޮނިޓަރކުރުމާއި ރިޕޯޓް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން،
  5. ޑިޕާޓްމަންޓްއިން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ، ޑިޕާޓްމަންޓްއިން ބައިވެރިވާންޖެހޭ ބައިނަލް އަގުވާމީ ކޮންފަރެންސްތަކާއި ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކުރުމަށް ބޭނުންވާ ލިއެކިއުންތައް ތައްޔާރުކޮށް ޑިޕާޓްމަންޓްގެ ވެރިޔާގެ ލަފާގެ މަތިން މަޝްވަރާތަކުގައި ބައިވެރިވެ އެމަޝްވަރާތަކުން ކަނޑައަޅާ ކަންތައްތަކަކީ ރާއްޖެއަށް އެކަށީގެންވާ ކަންތައްތަކަކަށް ހެދުމަށް ވަކާލާތުކުރުން
  6. ބޭރުގެ އެހީ ލިބިގެން ޑިޕާޓްމަންޓްއިން ހިންގާ މަޝްރޫޢުތަކާއި ގުޅިގެން ކުރިއަށްގެންދަން ޖެހޭ މަޝްވަރާތަކަށް ޑިޕާޓްމަންޓްގެ ވެރިޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެމަޝްވަރާތަކުގައި ބައިވެރިވުމާއި އިންޓަރނޭޝަނަލް ކަރބަން ކްރެޑިޓް މެކޭނިޒަމްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ޑިޕާޓްމަންޓްގެ ވެރިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުން،
  7. ދާއިރާ ތަރައްގީކޮށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ގައުމީފެންވަރުގައި އެކުލަވާލާ ސިޔާސަތުތަކަކީ ކަމާއި ގުޅުންހުރި ބައިނަލް އަގުވާމީ ސިޔާސަތުތަކާއި އެލައިން ކުރެވިފައިވާ ކަންތައްތަކަކަށް ހެދުމަށާއި ކަމާއިގުޅުންހުރި ގަވަރނަންސް ސްޓްރަކްޗަރ އެކުލަވާލުމަށް ޑިޕާޓްމަންޓަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން،
  8. ޑިޕާޓްމަންޓްގެ މަސައްކަތްތަކާއި ގުޅިގެން ޢާއްމުކުރާ ޚަބަރުތަކާއި މަޢުލޫމާތުތަކަކީ ސައްޙަ ތެދު މަޢުލޫމާތުކަމުގައި ކަށަވަރުކުރުން،
  9. މީގެ އިތުރުންވެސް ޑިޕާޓްމަންޓްގެ މައްސަކަތްތަކުގައި ޑިޕާޓްމަންޓްގެ ވެރިޔާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން،

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޓްމޮސްފެރިކް ސައިންސް  
  • ކެމިސްޓްރީ  
  • އެނަރޖީ  
  • އެނާރޖީ މެނޭޖްމަންޓް  
  • އެނާރޖީ ޕޮލިސީ  
  • އެންވަޔަރަންމެންޓަލް ކެމިސްޓްރީ  
  • އެންވަޔަރަންމެންޓަލް ކޮންޒަވޭޝަން  
  • އެންވަޔަރަންމެންޓަލް އިކޮނޮމިކްސް  
  • އެންވަޔަރަންމެންޓަލް މެނޭޖުމަންޓު   
  • އެންވަޔަރަންމަންޓަލް ޕޮލިސީ   
  • އެންވަޔަރަންމެންޓަލް ސައިންސް   
  • އެންވަޔަރަމެންޓަލް ސްޓަޑީޒް  
  • ޕްރޮޖެކްޓު މެނޭޖުމަންޓު  
  • ރިސޯސް މޮބިލައިޒޭޝަން  
  • ވޭސްޓް މެނޭޖްމަންޓް   
  • ވޯޓަރ އެންޑް ސެނިޓޭޝަން  
  • ވޯޓަރ ކެމިސްޓްރީ  
  • ވޯޓަރ ރިސޯސް މެނޭޖްމަންޓް  
  • ވޯޓަރ ސައިންސް  
  • ވޯޓަރ ޓެކްނޮލޮޖީ  

ޕްރިފަރޑް ޑިސިޕްލިން(ތައް):

  • ނެތް

 

ކޯ ޑިސިޕްލިން(ތައް)

  • އެންވަޔަރަންމެންޓަލް މެނޭޖުމަންޓު   
  • އެންވަޔަރަންމަންޓަލް ޕޮލިސީ   
  • އެންވަޔަރަންމެންޓަލް ސައިންސް 
  • ވޭސްޓް މެނޭޖްމަންޓް 

ގުޅޭވަޒީފާގެ ދާއިރާތައް:

  • ވޭސްޓް މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އެޕްރިލް 22 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 23 އެޕްރިލް 2025 އާއި 08 މެއި  2025  އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018329،3018326 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

13 އެޕްރީލް 2025