ދިވެހިރާއްޖެ
IUL: E2/IL/2025/06
ވަޒީފާގެ ފުރުޞަތު - އެސިސްޓެންޓް ރޭމްޕް ހޭންޑްލަރ (04)
މަޤާމުގެ ޝަރުޠު:
- ގްރޭޑް 7 ނިންމާފައިވުން (ނުވަތަ)
- އިނގިރޭސި އަދި ދިވެހިން ލިޔަން ކިޔަން އެނގުމާއި އެކު 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ގިންތި:
- ކޮންޓްރެކްޓް (1 އަހަރު)
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- ބަރު އެއްޗެހި އުފުލޭ މީހެއް ކަމުގައިވުން
- ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- ޑިޕާރޗަރ އަދި އެރައިވަލްގެ ކޮންވޭޔަރ ބެލްޓްތައް ފްލައިޓް ގަޑިތަކުގެ ކުރިން މިންގަނޑުތަކަށް ފެތޭތޯ ބެލުން.
- ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން (ފްލައިޓަށް އަރާ އަދި ފައިބާއިރު ގޮނޑި، ސްޓްރެޗަރ އަދި ވީލް ބެޑްގެ ހިދުމަތް ދިނުން).
- ޗެކް އިން އޭރިއާތަކުގެ ކޮންވޭޔަރ ބެލްޓްތަކުން ދާގީނާތައް ބާލުވާ އަރުވަން ޖެހޭ އެއްޗެހިތަކަށް (ބެގޭޖް ކަރޓްސް، ކޮންޓެއިނަރ ފަދަ ތަކެތި) އެރުވުމާއި ސަލާމަތްތެރިކަމާއެކު މިކަންކުރުމަށް ފަރުދީގޮތުން އަދި ޓީމެއްގޮތަށް މަސައްކަތްކުރުން.
- އުޅަނދުފަހަރުތަކުގެ ކެބިންތައް ސާފުކޮށް، ކުނިތައް ނެގުން.
- ނުރައްކާތެރި ތަކެތި ކަމަށް ފާހަނގަ ކުރެވޭ އެއްޗެއް ފެނިއްޖެނަމަ، ނުވަތަ ދާގީނާތަކަށް ގެއްލުމެއް ވެއްޖެނަމަ އަދި ބެގޭޖް ކަރޓްސް، ކޮނެވޭޔަރ ބެލްޓް، ރޭމްޕް ވެހިކަލަކަށް ގެއްލުމެއް ވެއްޖެނަމަ ރޭމްޕް އޮފިސަރަށް އެންގުން.
- ރައްކާތެރިކަމާއި ފަރުވާތެރި ކަމާއިއެކު ދާގީނަ ކާރޓްސް، ކޮންޓެއިނަރ އަދި ޕޭލްޑް ޑޮލީސް އިތުރު މީހެއްގެ އެހީތެރިކަމާއިއެކު އުޅަނދުފަހަރުތަކާއި ކައިރި ކުރުން.
- އަމިއްލަ ސަލާމަތަށް ފަރުވާތެރިވެ ޑިއުޓީ ގަޑީގައި އެޅުމަށް ހާއްސަކުރެވިފައިވާ ސަލާމަތީ ތަކެތި ބޭނުންކުރުމާއި ކުންފުނީގެ މުދަލަށް ފަރުވާތެރިވުން.
- މެނޭޖްމެންޓްއިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް އަދާކުރުން.
މުސާރަ އާއި އިނާޔަތްތައް:
- މުސާރަ: -/5,000 ރުފިޔާ
- ސާވިސް އެލަވަންސް -/3,450 ރުފިޔާ
- އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 17 އެޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، އަދި ހުށަހަޅާ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް ، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. ވަޒީފާއަށް އެދޭ ފޯމް www.ganairport.com އިން ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.(އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުއްވާ ފަރާތްތަކުން ހުރިހާ ލިޔުންތައް ޕިޑީއޭފް ފޯމެޓަށް އެއްފައިލްއަކަށް ހެއްދެވުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ.)
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.