ދިވެހިރާއްޖެ
އ.ތ.މ ކޮމިޓީގެ "ހޭންޑް ބޯލް ޓޯނަމެންޓް 2025" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގައި ގައްދޫގެ އަންހެނުންނައް ހާއްސަކޮށްގެން ހޭންޑްބޯލް މުބާރާތެއް ބޭއްވުމަށް ވަނީ ނިމްމާފައެވެ. މީ 2025 އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅިން އަލަށް އ.ތ.މ ކޮމިޓީއިން އިންތިޒާމް ކޮށްގެން ކުރިއައް ގެންދާ މުބާރާތެކެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން 2025 އެޕްރިލް 25 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ލިސްޓު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 2025 މޭ 11 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ. މުބާރާތުގެ ޤަވާއިދާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުން ހުށަހަޅަންޖެހޭ ޓީމް ލިސްޓް ހުށަހަޅާ ފޯމް މިއިޢުލާނާއެކު ޢާންމުކުރި ވާހަކަވެސް ދެންނެވީމެވެ. ޓީމް ރެޖިސްޓްރޭޝަން ފޯމް އަދި ޓީމް ލިސްޓް ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށްފަހު އިދާރާއަށް ލިބިފައިވާކަން ކަށަވަރުކުރުމަކީ އެޓީމެއްގެ ޒިންމާއެކެވެ.
ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.