ނީލަން
ނަންބަރު: GS149/IUL-2025/05
ޕަބްލިޝްކުރި ތާރީޚް: 13 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 22 އެޕްރީލް 2025 13:00
ބޮޑުފޮޅުދޫ ސްކޫލް
ދިވެހިރާއްޖެ
2025 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

                                           ނަންބަރ:GS149/IUL-2025/05

އިޢުލާން

 

2025 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

2025 ވަނަ އަހަރަށް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.

1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 އޭޕްރީލް 13އިން 2025 އޭޕްރީލް 17 އާއި ދެމުދުގެ ރަސްމީ ދުވަސްތަކުގެތެރެއިން ދުވަހެއްގައި (8:00 އިން 14:00އާއި ދެމެދު) ބޮޑުފޮޅުދޫ ސްކޫލަށް ވަޑައިގެން ނުވަތަ ގުޅުއްވައިގެން ނަންނޯޓް ކުރައްވައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

2. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 އޭޕްރީލް 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. މި ބީލަމާއިގުޅޭ މަޢުލޫމާތު ޝީޓް ބީލަންފޮތުގެ ސެކްޝަން 7 ގައި ހިމަނާފައިވާނެއެވެ. އަދި ބީލަންފޮތް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ.

3. ބިޑް ހުށަހެޅުމާއި ބިޑްހުޅުވުން އޮންނާނީ 2025 އޭޕްރީލް 22 ވާ އަންގާރަ ދުވަހުގެ 13:00ގައި ބޮޑުފޮޅުދޫ ސްކޫލްގެ ލައިބްރަރީ  ގައެވެ.

  ވީމާ، މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚާއި ގަޑިއަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

 ނޯޓް : ބީލަމުގެ ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި ބީލަން ހުށަހަޅާފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ހާޒިރުވާނަމަ އެކަން އަންގައިދޭ ރަސްމީ ލިޔުން (ކޮންސެންޓް ލެޓަރ) ހުށަހަޅަންވާނެއެވެ. އަދި ބީލަމާއެކު ހުށަހެޅުމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ

ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ

ފޯން:  6660841

އީ-މެއިލް [email protected]

13 އޭޕްރީލް 2025

13 އެޕްރީލް 2025