ބޭނުންވާ ދާއިރާ
|
ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ގައިވާ މެންބަރު (މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްކަމުގައިނުވާ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއް)
|
ބޭނުންވާ އަދަދު
|
1
|
ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް
|
ތަޢުލީމީ ތަޖުރިބާ (ޞިއްޙީ ދާއިރާއިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓް)
- ޑިޕްލޮމާ ފެންވަރު – 20 މާކްސް
- ޑިގްރީ ފެންވަރު – 30 މާކްސް
- ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރު – 40 މާކްސް
- މާސްޓަރސް ފެންވަރު – 50 މާކްސް
- ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް
މަސައްކަތުގެ ތަޖުރިބާ (ޞިއްޙީ ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)
- ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް
|
ބޭނުންވާ ދާއިރާ
|
ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (5) ގައިވާ މެންބަރު (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކުރާ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ، މެޑިކަލް ނުވަތަ ޑެންޓަލްގެ ރޮނގުން ތަމްރީނު ލިބިފައިވާ މީހެއް)
|
ބޭނުންވާ އަދަދު
|
1
|
ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް
|
ތަޢުލީމު (މެޑިކަލް/ޑެންޓަލް ޕްރޮފެޝަނުން ހޯދާފައިވާ ސެޓްފިކެޓް)
- އެމް.ބީ.ބީ.އެސް/ޑެންޓަލް ޑިގްރީ ފެންވަރު – 30 މާކްސް
- ސްޕެޝަލިސްޓް ޑިޕްލޮމާ ފެންވަރު – 40 މާކްސް
- ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓްފިކެޓް - 55 މާކްސް
- ސަބް ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓްފިކެޓް – 75 މާކްސް
މަސައްކަތު ތަޖުރިބާ (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން ތަމްރީނުކުރާ މަރުކަޒެއްގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ)
- ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް
|
ބޭނުންވާ ދާއިރާ
|
ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (6) ގައިވާ މެންބަރު (ޤާނޫނީ ވަކީލެއްގެގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ޤާނޫނީ ވަކީލެއް)
|
ބޭނުންވާ އަދަދު
|
1
|
ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް
|
ތަޢުލީމު (ޤާނޫނީ/ޝަރީޢާގެ ދާއިރާއިން ހޯދާފައިވާ ސެޓްފިކެޓް)
- ޑިޕްލޮމާ ފެންވަރު – 25 މާކްސް
- ޑިގްރީ ފެންވަރު – 40 މާކްސް
- މާސްޓަރސް ފެންވަރު – 50 މާކްސް
- ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް
މަސައްކަތުގެ ތަޖުރިބާ (ޤާނޫނީ/ޝަރީޢާގެ ދާއިރާގައި ދާއިރާއެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)
- ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް
|
ބޭނުންވާ ދާއިރާ
|
ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ (7) ގައިވާ މެންބަރު (ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރެއް)
|
ބޭނުންވާ އަދަދު
|
1
|
ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާ ގޮތް
|
ތަޢުލީމު (ޞިއްޙީ ދާއިރާއަކުން ހޯދާފައިވާ ސެޓްފިކެޓް)
- އަންޑަރ ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރު – 20 މާކްސް
- ޑިގްރީ ފެންވަރު – 30 މާކްސް
- ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރު – 40 މާކްސް
- މާސްޓަރސް ފެންވަރު – 50 މާކްސް
- ޕީ.އެޗް.ޑީ ފެންވަރު – 75 މާކްސް
މަސައްކަތުގެ ތަޖުރިބާ (ޕަބްލިކް/ޕްރައިވެޓް ސެކްޓަރގައި ޞިއްޙީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްގައި ޚިދުމަތްކޮށްފައިވާ މުއްދަތު)
- ޚިދުމަތްކޮށްފައިވާ މުއްދަތު 5 އަހަރުނަމަ - 30 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 7 އަހަރުނަމަ - 40 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 10 އަހަރުނަމަ - 45 މާކްސް
- ޚިދުމަތްކޮށްފައިވާ މުއްދަތު 12 އަހަރުނަމަ - 50 މާކްސް
|
މާކްސް ދިނުމާއި އިންޓަވިއުކުރުމުގައި ގެންގުޅޭނެ އާންމު މިންގަނޑު
|
- ހުށަހަޅާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ތެރެއިން މާކްސް ދެވޭނީ، އެންމެ މަތިން ހޯދާފައިވާ ތަޢުލީމީ ސެޓްފިކެޓަށް އެކަންޏެވެ.
- ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓްފިކެޓް އަދި ސަބް ސްޕެޝަލިސްޓް ޑިގްރީ ނުވަތަ އީކުވެލަންޓް ސެޓްފިކެޓްކަމަށް ބެލެވޭނީ، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި އެ ޑިގްރީއެއް ލެވެލްކުރެވިފައިވާ ގޮތަށެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް އިންޓަވިއު ކުރުމަކާ ނުލައި އެ މަޤާމަށް ހޮވުނުކަމަށް ސިލެކްޝަން ކޮމިޓީއަށް ކަނޑައެޅިދާނެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން ނުވަތަ އެހެން މަގުބޫލު ސަބަބަކާ ގުޅިގެން، އަލުން އިޢުލާނުކުރާގޮތަށް ކަނޑައެޅުމުގެ އިޚުތިޔާރު ސިލެކްޝަން ކޮމިޓީއަށް ލިބިގެންވެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ލިބުނު މާކްސް އެއްވަރުވެއްޖެނަމަ، މަޤާމަށް ހޮވުނު ފަރާތް ކަނޑައަޅާނީ އިންޓަވިއު ކުރުމަށްފަހުއެވެ.
|
މަޤާމަށް ކުރިމަތިލާ މެންބަރުންގެ ޝަރުޠުތައް
|
- ދިވެހި ރައްޔިތެއްކަމުގައި ވުން.
- ކައުންސިލްގެ މެންބަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ޢިލްމީ ފެންވަރާއި ލަޔާޤަތާއި، މަސައްކަތުގެ އަޚުލާޤު ހުރި މީހަކު ކަމުގައިވުން.
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
- ޖިނާއި ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިއެއްގެ ގޮތުގައި މަސައްކަތްކުރާތާ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްނަމަ، އެ ފަންނުގެ މަސައްކަތްތެރިން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
- ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރުމުގައި އެ މީހަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
- ޞިއްޙީ ޚިދުމަތްދެވޭ ތަނުގެ މަސްއޫލުވެރިއެއް ނުވަތަ ބޯޑު މެންބަރެއް ނުވަތަ އެހެންވެސް މަޤާމެއްގައި ހުރި މީހެއްކަމުގައި ނުވުން.
- ޞިއްޙީ ޚިދުމަތްދޭ ތަނެއްގެ ހިއްސާ އެ މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން ޢައްޔަންކޮށްފައިވާ ފަރާތެއްގެ ނަމުގައި ނުވަތަ އޭނާގެ ހިއްސާ ހިމެނޭ ކުންފުންޏެއްގެ ނަމުގައި އޮތް މީހަކު ކަމުގައި ނުވުން.
- ޤާނޫނެއްގައި ކަނޑައެޅިފައިވާ އިންތިޚާބަކުން މަޤާމަކަށް ހޮވިފައިވާ މީހެއްކަމުގައި ނުވުން.
- ސިޔާސީ މަޤާމެއް ފުރަމުންދާ މީހެއްކަމުގައި ނުވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީ.
- ތަޢުލީމީ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް)
- މެންބަރުކަމަށް އެދޭ ފަރާތަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިއުންތައް (މަސައްކަތްކުރި ތަނާއި، ކުރި މަސައްކަތާއި، މުއްދަތު އެނގޭގޮތަށް)
- މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ (މިސާލު: ވަކާލާތުކުރުމުގެ ހުއްދަ)
- އިޤްރާރު (އިޤްރާރު ފޯމު މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުން (www.health.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަނަވަރު.
|
ސުންގަޑި
|
23 އޮގަސްޓު 2015 ގެ 15:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ކައުންޓަރު) އަށް ހުށަހެޅުއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން (އީމެއިލުން ހުށަހަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއަށް ލިބުނުކަން އަންގާނެކަމަށް ދަންނަވަމެވެ. ނަމަވެސް، މިނިސްޓްރީން ޖަވާބެއް ނުލިބޭނަމަ، މުއްދަތު ހަމަވުމުގެ ކުރިން މިނިސްޓްރީއަށް އެޕްލިކޭޝަން ލިބުންތޯ ބެއްލެއްވުންވެސް އެދެމެވެ.)
|
އިތުރު މަޢުލޫމާތު
|
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ބެލެން އޮނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014468 އާއި 3014480 އެވެ.
|