ދިވެހިރާއްޖެ
އިޢުލާން
ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ.
ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިޔުލްތައް:
Contact Hours |
Module Name |
No |
30 hours |
Introduction, Fundamentals of Administration and General Office Procedure |
1 |
30 hours |
English Language Proficiency |
2 |
30 hours |
Office Dhivehi |
3 |
30 hours |
Computer Proficiency |
4 |
30 hours |
Customer Service, Communication and Telephone Skills Customer service and telephone skills Communication Strategies |
5
|
30 hours |
Individual excellence: Secrets of Career Success Stress Management Handling Conflicts Time Management Team Building |
6 |
ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް:
- ތަޢުލީމް (ކިޔަވައިދެއްވަން ހުށަހަޅުއްވާ މޮޑިއުލާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން)
- ކިޔަވައިދިނުމުގެ ތަޖުރިބާ
- މަސައްކަތުގެ ތަޖުރިބާ
- ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ، ހަފުތާގެ ބުރާސްފަތި ދުވަހާއި، ހުކުރު ދުވަހާއި، ހޮނިހިރު ދުވަހުއެވެ.
- ކޯހުގައި ކިޔަވައިދެއްވާ މޮޑިއުލްތަކަށް ބޭނުންވާ މެޓީރިއަލްސް ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް އެސެސްމަންޓް ޕޭޕަރ ތައްޔާރުކުރެއްވުމާއި، އެ ޕޭޕަރުތައް މާކުކުރެއްވުމަކީ ކިޔަވައިދެއްވާ ލެކްޗަރަރގެ ޒިންމާއެކެވެ.
- މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތަކުގެ ކޮންމެ ގަޑިއަކަށް -/250 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ފައިސާ ދެވޭނެއެވެ. އަދި ތައްޔާރުކުރައްވައި މާކުކުރައްވާ ކޮންމެ ޕޭޕަރަކަށް -/15 ރުފިޔާ (ފަނަރަ ރުފިޔާ) ގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 އޮގަސްޓު 24 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދިވަޑައިގެން ކިޔަވައިދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ދާއިރާ ބަޔާންކުރައްވައި، ސިޓީއާއި ވަނަވަރާއި އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
28 ޝައްޥާލް 1436