ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426/426/2025/225
ޕަބްލިޝްކުރި ތާރީޚް: 13 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 30 އެޕްރީލް 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - "ކޮންމެ ކުއްޖަކީ މިސްކިތުގެ އަޙުލުވެރިއެއް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވުން

އިޢުލާން


"ކޮންމެ ކުއްޖަކީ މިސްކިތުގެ އަޙުލުވެރިއެއް"  ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވުން


މިސްކިތްތަކުގެ ޖަމާޢަތް އިތުރުކުރުމާއި، އިސްލާމީ ރިވެތި އަޚްލާޤް ކުދިންގެ ހިތްތަކުގައި އަށަގެންނެވުމުގެ މަޤްޞަދުގައި މީދޫ އަވަށު އޮފީހާއި ޔޫސުފް ނާއިބް ފައުންޑޭޝަން ގުޅިގެން "ކޮންމެ ކުއްޖަކީ މިސްކިތުގެ އަހުލުވެރިއެއް" ނަމުގައި 1 މަސްދުވަހުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގައި ޢަމަލީގޮތުން ވުޟޫކުރަން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ތަކެއްޗާއި ހަރަކާތްތަކުގެ އިތުރުން އިސްލާމީ ރިވެތި އަދަބުތައް ކުދިންނަށް ދަސްކޮށްދެވޭނެއެވެ. މިޕްރޮގްރާމްގައި ކުދިންނަށް އުނގަންނަވައި ދެއްވާނީ މީދޫގެ މިސްކިތްތަކުގެ އިމާމުންނާއި ޝައިޚުންނެވެ. ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު 7 އަހަރާއި 16 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށް ވަނީ ހުޅުވާލެވިފައެވެ. މިޕްރޮގްރާމް ކުރިއަށް ގެންދެވޭނީ ސެންޓަރ ފޮރ ޝަމްސުއްދީން އިސްލާމިކް ލާރނިން ސެންޓަރ ގައެވެ.

ވީމާ، މިޕްރޮގްރާމް ގައި ކުދިން ބައިވެރިކުރެއްވުމަށް ޝަޢުޤުވެރިވާ ބެލެނިވެރިން 2025 އެޕްރީލް 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަން ނޯޓު ކުރެއްވުމަށް 7786362 ނުވަތަ 7789041  ނުވަތަ 9954042 އަށް ގުޅުއްވުން އެދެމެވެ.

15 ޝައްވާލް 1446
13 އެޕްރީލް  2025

13 އެޕްރީލް 2025