ދިވެހިރާއްޖެ
މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ (IUL)MMPRC-HR/1/2025/20 :އިޢުލާން ނަންބަރު ވަޒީފާގެ ފުރުޞަތު |
|
މަޤާމުގެ ނަން: ޑިރެކްޓަރ، ޑެސްޓިނޭޝަން މާކެޓިންގ |
- މުސާރަ (މަހަކު) : -/19,602 ރުފިޔާ މަހަކު - ސަރވިސް އެލަވަންސް: -/6,861 ރުފިޔާ މަހަކު - ލިވިންގ އެލަވަންސް: -/5,881 ރުފިޔާ މަހަކު - ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް - ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު) - ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު) - ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު) - އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ |
ބޭނުންވާ އަދަދު: 1 |
1. ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް (މާސްޓަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު، މަދުވެގެން 2 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ، ގުޅޭ ދާއިރާއަކުން ލިބިފައިވުން. (ނުވަތަ)، ށ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް (ބެޗްލަރސް ޑިގްރީ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. (ނުވަތަ)، ނ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، އެގޭ ތެރެއިން 5 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.
2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ހ. ކޯޕަރޭޝަންގެ ޑެސްޓިނޭޝަން މާކެޓިންގ މަސައްކަތްތައް ބެލެހެއްޓުން. ށ. ޑެސްޓިނޭޝަން މާކެޓިންގގެ އަހަރީ ޕްލޭން ތައްޔާރުކޮށް ބޯޑު އޮފް ޑިރެކްޓަރުން/މެނޭޖްމަންޓަށް ހުށަހެޅުން. ނ. އަހަރީ މާކެޓިންގ ޕްލޭން ތަންފީޒުކޮށް ބެލެހެއްޓުން، އަދި ހަރުދަނާކޮށް ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަށް ޓީމް މެންބަރުންނަށް މަސައްކަތްތައް ހަވާލުކުރުން. ރ. ޓީމް މެންބަރުންގެ މަސައްކަތް ވަޒަންކޮށް ބެލެހެއްޓުން އަދި އެމީހުންގެ ހުނަރާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ގަވާއިދުން ފީޑްބެކް ދިނުން. ބ. ކޯޕަރޭޝަންގެ މަޤްޞަދުތައް ހާސިލުކުރުމަށް މުހިންމު ސްޓޭކްހޯލްޑަރުންނާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުން. ޅ. ކަމާގުޅޭ ސްޓޭކްހޯލްޑަރުންގެ ފަރާތުން ލިބެންހުރި ދިރާސާތަކުގެ މަޢުލޫމާތު އެއްކުރުމުގައި އިސްދައުރެއް އަދާކުރުން. ކ. މާކެޓިންގ މަސައްކަތާ ގުޅޭ ހުރިހާ މަޢުލޫމާތެއް މެނޭޖިންގ ޑިރެކްޓަރަށް ފޯރުކޮށްދިނުން. އ. ސީނިއަރ މެނޭޖްމަންޓުގެ އިރުޝާދާ އެއްގޮތަށް މާކެޓިންގގެ އަހަރީ ބަޖެޓު ތައްޔާރުކުރުން. ވ. ކޯޕަރޭޝަންގެ މާކެޓިންގ މަސައްކަތް ހަރުދަނާކުރުމަށް ކަމާގުޅޭ އެސް.އޯ.ޕީތަކާއި އުސޫލުތައް އެކުލަވާލުން. މ. ޑިޕާޓްމަންޓުގެ ކުއާޓަރލީ އަދި އަހަރީ ރިޕޯޓުތައް އެކުލަވާލައި މެނޭޖްކޮށް ބެލެހެއްޓުން. ފ. ބޭނުންވެއްޖެ ހިނދެއްގައި ކޯޕަރޭޝަންގެ އެހެން ޑިޕާޓްމަންޓުތަކާ/ސެކްޝަންތަކާއެކު މަސައްކަތްކުރުން. ދ. ކޯޕަރޭޝަނުން އިންތިޒާމުކުރާ ހުރިހާ ޙަރަކާތްތަކެއްގައި ޢަމަލީގޮތުން ބައިވެރިވުން. |
|
3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް: 17 އެޕްރީލް 2025 ވަނަ ވާ ބުރާސްފަތި ދުވަހުގެ 1400 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. |
|
4. ހުށައަޅަންޖެހޭ ލިޔުންތައް: ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން). ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ. ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް. |
|
5. އިތުރު މަޢުލޫމާތު: ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ. ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ. ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ. ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ. 6. އެޑްރެސް ކުރައްވާނީ: އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން |