ވަޒީފާގެ ފުރުޞަތު
ނަންބަރު: DS/IU/HR/2015/15
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 18:18
ސުންގަޑި: 24 އޮގަސްޓް 2015 14:30
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:       ޕްރިންޓަރ 

މަޤާމުގެ ބާވަތް:  ( ވަގުތީ )

މުއްދަތު:      31 ޑިސެންބަރު 2015 ގެ ނިޔަލަށް

ބޭނުންވާ އަދަދު1

ކުލެފިކޭޝަންއަދި ރޭންކް: ސަޕޯޓް ސްޓާފް ގްރޭޑް 3 / އެސް. އެސް 3 

ވަޒީފާ އަދާކުރަންޖެހޭ ތަން:   ދަރުމަވަންތަ ސްކޫލް

ފެންވަރު ނުވަތަ ޝަރުޠު:   

1- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިންސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ

ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑިގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.     

މުސާރަ:            -/3875ރ

ސަރވިސް އެލަވަންސް:   -/1000ރ

އިތުރުގަޑީގެ ފައިސާ:     އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

ކުރަންޖެހޭ މަސައްކަތް:      

ޗާޕުކުރަންޖެހޭ ޓެސްޓް ޕޭޕަރތަކާއި ނޯޓިސްތަކާއި ފޮޓޯކޮޕީ ހަދަންޖެހޭ ތަކެއްޗާއި އެހެނިހެން ތަކެތި ކަނޑައެޅިފައިވާ ގަޑިއަކަށް ޗާޕުކޮށް ހަވާލުކުރުން.

ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ޓީޗަރުންގެ ހޭންޑްބުކް ވެރިއެއްގެ ލަފާގެމަތިން ތައްޔާރުކޮށް ނިންމައި ވެރިއަކާ ހަވާލުކުރުން.

ބައިންޑުކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭ ތަކެތި ކަނޑައެޅިފައިފާ ދުވަހަކަށް ނިންމައި ހަވާލުކުރުން.

-  ޕްރިންޓިންގރޫމުގައި ހުންނަ ހުރިހާ މެޝިނަރީތަކާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި ބެލެހެއްޓުން.

އޮފީހަށާއި ޓީޗަރުންނަށް ބޭނުންވާ ތަކެތި ފޮޓޯކޮޕީ ހަދައިދިނުން.

އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

 ހުށަހަޅަންޖެހޭ ތަކެތި: 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ސްކޫލް ކައުންޓަރުންނާއި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން

ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. )

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން

ތައްގަނޑު ޖަހާފައިވާ އަސްލު.

  • ސިވިލް ސަރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ

ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

  • ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީވަކީލެއްގެ އޮފީހުން

ތައްގަނޑު ޖަހާފައިވާ އަސްލު.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް. ( އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު

ޖަހާފައިވާ އަސްލު )

  • ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއެކު)

­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­_____________________________________________________________________________________________________

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:  މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި އިސްކަންދޭނީ މިދާއިރާއިން ތަޖުރިބާހުރި ހާޒިރީއާއި މަސައްކަތަށް

ފަރުވާތެރި ފަރާތެކެވެ.

އިންޓަރވިއުކުރުން:

  • މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެތެރޭގައި
  • އެންގޭނެއެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ. 

ސުންގަޑި: މި ވަޒީފާއަށް ކުރިމަތިލެއްވޭނެ އެންމެފަހު ތާރީޚަކީ 24 އޮގަސްޓު 2015 ގެ މެންދުރުފަހުގެ 2:30 އެވެ.

އިޢުލާނާގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 3324495 ނަންބަރު ފޯނާއެވެ.

13 އޮގަސްޓް 2015