ދިވެހިރާއްޖެ
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައިލެންޑްސް
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު: ކޮންސަލްޓަންޓް
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން ކުރިއަށްގެންދާ، ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިން ދަ އައިލެންޑްސް، މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް މޮނިޓަރކޮށް ސުޕަރވައިޒް ކުރާނެ ދެ (02) ކޮންސަލްޓަންޓުން ހޯދުމަށް ބޭނުންވެއެވެ.
ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޝްރުޢޫތަކުގެ ޢަމަލީ މަސައްކަތްތައް ކޮންޓެރްކްޓްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަނޑައަޅާފައިވާ ސްޓޭންޑަރޑްތަކާއި ރެގިއުލޭޝަންތަކާ އެއްގޮތަށް މަސައްކަތްތައް ކުރޭތޯ މޮނިޓަރކޮށް ސުޕަރވައިޒްކުރުން ހިމެނެއެވެ.
ކޮންސަލްޓަންޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
- މަސައްކަތާ ގުޅޭދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދު ހާސިލުކޮށްފައިވުން.
- މަދުވެގެން 5 އަހަރު ދުވަހުގެ ފެނާއި ނަރުދަމާގެ ޑިޒައިން އަދި ޢަމަލީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ކޮންޕިއުޓަރ އެއިޑެޑް ސޮފްޓްވެއަރގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މަސައްކަތާ ގުޅޭދާއިރާއިން ދިވެހިރާއްޖޭގައި ޢަމަލީ ތަޖުރިބާ ހޯދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.
- މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ ނަޒާހަތްތެރި އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާއި ހަވާލުކުރެވިފައިވާ ސިވިލް ސަރވިސް މަޤާމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ފެންވަރު ބަލައި ވަޒަންކުރެވޭނެއެވެ.
މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް -/25,000 ރުފިޔާ އާއި -/30,000 ރުފިޔާއާ ދެމެދުގެ މަހު މުސާރައެއް ދެވޭނެއެވެ.
މި މަސައްކަތުގެ މުއްދަތަކީ ސައުވީސް (24) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ. މި މަސައްކަތައް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 2015 ގައެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތު ކޮށްދިނުމުގެ ގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޢުހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
ޝައުޤުވެރިވާ ފަރާތްތަކުން 27 އޮގަސްޓު 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ވޯޓަރ އެންޑް ސްވަރޭޖް ޕްރޮޖެކްޓްސް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފެކްސް: 3018-301-960+
އީމެއިލް: [email protected]