ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)433-AFI/433/2015/4
ޕަބްލިޝްކުރި ތާރީޚް: 12 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:12
ސުންގަޑި: 26 އޮގަސްޓް 2015 15:00
ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

މުސާރަ

މަހަކު -/7035  ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2,000 ރުފިޔާ

ނޮންޕްރެކްޓިސް އެލަވެންސް

މުސާރައިގެ %35 ދެވޭނެ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ބަޖެޓް ޔުނިޓް

މަގާމުގެ މަސްޢޫލިއްޔަތު

  • ފައިސާއާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޤައުމީ އަރުޝީފުގެ ބަޖެޓް ސެކްޝަން ހިންގުމާއި ބަޖެޓާބެހޭ މަސައްކަތްތައި  ވިލަރެސްކުރުމާއި ޤައުމީ އަރުޝީފުން ހިންގާ މަސައްކަތްތަކާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ފޯކާސްޓްކުރުމާއި އަހަރީ ބަޖެޓް  އެކުލަވައިލުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ފުރިހަމައަށް ތައްޔާރުކުރުމާއި ބަޖެޓާއި އިންވެންޓްރީއާބެހޭ ރިޕޯޓުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ޤައުމީ އަރުޝީފުން ބަޖެޓުން ކުރަންޖެހޭ ޚަރަދުތައް ކަނޑައެޅޭ ތާވަލުގެ ތެރޭގައި ގަވާއިދުން ޚަރަދުކުރުމާއި ގަންނަންޖެހޭ ތަކެތީގެ އަގުތައް ވަޒަންކޮށް އަޅައިކިއުމާއި އެސްޓިމޭޓްތައް އެނަލައިޒްކުރުމާއި ފައިސާއާ ގުޅިގެން މެދުވެރިވެދާނެ ނުރައްކާތަކާމެދު ވިސްނައި ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމާއި ކޮރަޕްޝަނުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންއާކައިވްކުރުމުގެ މަސައްކަތްތަކާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދައި ޚިދުމަތްތައް ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • ޤައުމީ އަރުޝީފުގެ ސްޓްރެޓެޖިކް ޕްލޭނާއި އެކްޝަން ޕްލޭން ހިންގުމަށް އެހީތެރިވުމާއި ޕްރޮޖެކްޓްތައް ހިންގުމުގައި އިސްދައުރެއް އަދާކޮށް ޕްރޮޖެކްޓް ކާމިޔާބު ކުރުމުގެ އެއްބާރުލުން ދިނުން
  • ފައިނޭންޝަލް މޮޑެލްއެއް ޑެވެލޮޕްކުރުމާއި އެފަދަ މޮޑެލެއްގެ ދަށުން ހިސާބު ބެލެހެއްޓުމާއި ފައިސާގެގޮތުން ދިމާވާ މައްސަލަތަކާއި ކުރިމަތިލައި މައްސަލަތައް ގަވާއިދާ އެއްގޮތަށް ޙައްލުކުރުމާއި ޚަރަދުކުޑަކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތައް ދިރާސާކުރުމާއި އެންމެ ޚަރަދުކުޑަކުރެވޭނެ ފުރުޞަތުތައް ހޯދުން
  • ހިންގުމުގެ ދާއިރާއާއި މުވައްޒަފުންގެ ޕާރފޯމަންސް ރިވިއުކުރުމާއި އެކަންކަން ހަރުދަނާ ކުރެވޭނެ ގޮތްތައް ތަޢާރަފްކޮށް ޢާއްމު ފަރާތްތަކާއި މީޑިއާއާއި އަދި ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމައަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި އެކަންކަން ވިލަރެސްކުރުން،
  • ޤައުމީ އަރުޝީފުގެ އައި.ޓީއާބެހޭ މަސައްކަތްތައް ޒަމާނަށް ބޭނުންވާ ފެންވަރަށް ކުރިއެރުވުމަށް މަގުދެއްކުމާއި އެކަންކަން ކުރިއަރުވާނެ ގޮތްތައް ހޯދައި އޭގެ ބޭނުން ކުރެވޭނެ މަގު ތަނަވަސްކުރުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުން،
  • ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި އަރުޝީފުގެ ފަރާތުން ރާވާ ހިންގާ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ޙަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ރޭންކް: ޖީ.އެސް 4

މުސާރަ       

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ނޮންޕްރެކްޓިސް އެލަވެންސް

މުސާރައިގެ %35 ދެވޭނެ

އިނާޔަތްތައް

ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސެކްޝަން/ޔުނިޓް/ތަން

ބަޖެޓް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތު

  • ޤައުމީ އަރުޝީފަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުމާއި އެކަމަކާ ގުޅޭ ސެކްޝަންތަކަށް ފޮނުވުން
  • ޤައުމީ އަރުޝީފަށް ލިބޭ ސިޓީތައް އެންޓަރކޮށް، ފޮނުވާ ސިޓީތަކަށް ނަންބަރުދީ، ޑިސްޕެޗްކޮށް، ސިޓީތައް ފައިލްކޮށް ބެލެހެއްޓުމާއި ސިޓީތަކަށް ޖަވާބު ދިނުމާއި ރެކޯޑް ބެލެހެއްޓުން
  • ޤައުމީ އަރުޝީފުގައި ބާއްވާ ބައްދަލުވުންތައް އިންތިޒާމުކުރުމާއި މީޓިންގ ރޫމްގެ ބުކިންގއާއި ޝެޑިއުލްތައް ބެލެހެއްޓުމާއި ބައްދަލުވުންތަކުގައި އޮފީހަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެހްމާންދާރީ އަދާކުރުމާއި އެކިއެކި ޚިދުމަތްތަކަށް އަންނަ މީހުންނަށް އެހީތެރިވެ މަގުދައްކައި އެހީތެރިވުން
  • ސްޓޮކްގައި ހުންނަ ތަކެތި ތަރުތީބުކޮށް ބެލެހެއްޓުމާއި ދޫކުރުމާއި ސްޓޮކްގެ އައިޓަމްތައް ފުރިހަމައަށް އެންޓަރ ކުރުމާއި ސްޓޮކް ބާކީކުރުމާއި އިންވެންޓްރީ ބެލެހެއްޓުން
  • ރިޕެއަރ އަށް ބޭނުންވާ ތަކެތި ބަލައި ޗެކްކުރުމާއި ރިޕެއަރކުރަން ބޭނުންވާ ތަކެތި ރިޕެއަރ ކުރާ ފަރާތްތަކަށް ބޭނުން މަޢުލޫމާތު ދިނުމާއި އޮފީހުގެ ދުއްވާ ތަކެތި މަރާމާތުކޮށް ބެލެހެއްޓުމާ އިންޝުއަރެންސްއާ ބެހޭ މަސައްކަތްތައް ބެލެހެއްޓުމާއި އޮފީހުގެ މެއިންޓަނަންސް ބެލެހެއްޓުން
  • ޤައުމީ އަރުޝީފުގައި ބާއްވާ އެކިއެކި ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި އޮފީހުގެ ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

މަޤާމުގެ ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޤައުމީ އަރުޝީފުން އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

26 އޮގަސްޓް 2015 ވާބުދަ ދުވަހުގެ 15:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ 07 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3349312 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުއަށެވެ. ވަޒީފާއަށް އެދޭ ފޯމު ޤައުމީ އަރުޝީފުން އަދި ސިވިލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާއެވެ. ނޯޓް: މި ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

12 އޮގަސްޓް 2015