ވަޒީފާގެ ފުރުޞަތު
|
މަޤާމު:
|
އިންޓެލިޖެންސް އެނަލިސްޓް ގްރޭޑް 2
|
ބޭނުންވާ އަދަދު:
|
01
|
މުސާރަ:
|
-/7,000 ރުފިޔާ
|
ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,000 ރުފިޔާ
|
އިތުރު ޢިނާޔަތްތައް
|
- ނޮން-ޕްރެކްޓިސް އެލަވަންސްގެގޮތުގައި މުސާރައިގެ %35
- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ޝަރުޠު:
|
- ކްރިމިނަލޮޖީ، ސޯޝަލް ސައިންސް، އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، އިންޓަރނޭޝަނަލް ރިލޭޝަންސް، ނުވަތަ ގުޅޭ ދާއިރާއަކުން ފަސްޓް ޑިގްރީ ނުވަތަ އެއައްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން، ނުވަތަ، އިންޓެލިޖެންސް އެނަލިސިސް ދާއިރާއިން ހުނަރު ލިބިފައިވުމާއިއެކު އިންޓެލިޖެންސް އެނަލިސިސްޓް ގްރޭޑް 2 ގެ މަޤާމުގައި 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން،
- ބަހުންނާއި ލިޔުމުން ރަނގަޅު މުޢާމަލާތު ކުރެވުން،
- ބޭސިކް ލެވެލް އިންޓެލިޖެންސް އެނަލިސިސް ކޯހެއް ފުރިހަމަކޮށްފައިވުން.
- ޑޭޓާ މައިނިންގ ޓޫލްސް ބޭނުންކުރަން އެނގުން.
- ތަޙުޤީޤް ކުރުމުގެ ހުނަރު ދަސްކޮށްދޭ ކޯހެއް ފުރިހަމަކޮށްފައިވުން،
- މީހުން މެނޭޖްކުރަން އެނގުން،
- އެންމެ މަތީ ދަރަޖައަށް ޕާސަނަލް އިންޓެލިޖެންސް އިންޓެގްރިޓީ އާއި ޕްރޮފެޝަނަލިޒަމް ހުރުން،
- އުނދަގޫ އަދި ހައިޕްރެޝަރ މާހައުލުތަކުގައި ނަތީޖާ ހާސިލު ކުރުމުގެ ރޫޙު ހުރުން.
- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،
- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށްނުވުން،
- މީލާދީގޮތުން 18 އަހަރު ފުރިފައިވުން،
- ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކު ކަމުގައި ނުވުން،
|
މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:
|
މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:
|
މާލެ
|
ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:
|
ރަސްމީ ޑިއުޓީ/ ދަންފަޅި ޑިއުޓީ
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ވަނަވަރު،
- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،
- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ،
- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،
- ނެގިފަހުން 3 މަސް ވެފައިނުވާ އެމީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ފޮޓޯ،
- މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއަށް އެދޭ މީހުންގެ ކުށުގެ ރިކޯޑް ބަލާ ފޯމު،
- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން،
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.
|
ސުންގަޑި:
|
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2015 އޮގަސްޓް 27 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިޝެޕްޝަނަށް ހުށަހެޅުން، އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ.
ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ.
މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.
28 ޝައްވާލް 1436
|