ދިވެހިރާއްޖެ
މި އިޢުލާންވަނީ 10 އެޕްރީލް 2025 08:59 ގައި ބާތިލް ކުރެވިފައެވެ.
`
ރަތްމަންދޫ ސްކޫލުގެ ކަރަންޓް ވިއުގަ ބަދަލުކުރުންއަދި ސީލިންގްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މިމަދަރުސާއިން ދޭ މަޢްލޫމާތާއި އެއްގޮތަށް މިސްކޫލުގެ ކަރަންޓް ވިއުގަ އަދި ސީލިންގް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިސްކޫލްގައި ނަންނޯޓުކުރައްވައި، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ،
އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
ހުރިހައި މަޢްލޫމާތެއް ބިޑް ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ.
- ނަން ނޯޓް ކުރުން
- ނަން ނޯޓް ކުރުން އޮންނާނީ 17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ރަތްމަންދޫ ސްކޫލުގައެވެ.
- ޕްރީބިޑްމީޓިން
- ޕްރީބިޑްމީޓިން އޮންނާނީ 17 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ރަތްމަންދޫ ސްކޫލުގައެވެ.
- އަންދާސީ ހިސާބު ހުށައެޅުއްވުން
- އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ 20 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ރަތްމަންދޫ ސްކޫލުގައެވެ.
ނަންނޯޓު ކުރުމަށް ތިރީގައި ބުނެފައިވާ މަޢްލޫމާތު ބޭނުންވާނެއެވެ.
- ބިޑް ހުށައެޅުމަށް ރަޖިސްޓަރ ކުރާ ފަރާތުގެ މަޢްލޫމާތު
- މުޢާމަލާތް ކުރާނެ ފަރާތެއްގެ މަޢްލޫމާތު
- އައި.ޑީ. ކާރޑް ނަމްބަރު
- ގުޅޭނެ ފޯން / މޯލްބައިލް ނަމްބަރު
- މަޢްލޫމާތު ހިއްސާކުރާނެ އީމެއިލް އެޑްރެސް
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށައަޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެފަރާތުގެ މަޢްލޫމާތު އަންގައިދޭ ސިޓީއަކާއި
އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ.ކާރޑް ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. ނަން ނޯޓް ކުރުމަށް ގުޅުއްވާނީ 6724733 އަށް ނުވަތަ
[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.