މަސައްކަތް
ނަންބަރު: (IUL)365-MIM/365/2025/47
ޕަބްލިޝްކުރި ތާރީޚް: 09 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 17 އެޕްރީލް 2025 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިންދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް ޝަރފްޝެކް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުން:

އިޢުލާން

މިއިދާރާއިންދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް ޝަރފްޝެކް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުން:

މިއިދާރާއިންދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ޝަރފްޝެކް ތަރައްޤީ ކޮށްދޭނެ  ފަރާތެއްހޯދުމަށްވަނީ ބޭނުންވެފައެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2025 އޭޕްރީލް 10 ވާ ބުރާސްފަތި ދުވަހުންފެށިގެން 2025 އޭޕްރިލް 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް 2025 އޭޕްރީލް 20 ވަނަ ދުވަހުގެ 13:00 ގައި މިއިދާރާގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 އޭޕްރީލް 27 ވަނަ ދުވަހުގެ 11:00  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.މީގެ ކުރިން މިކަމަށް ކުރެވުނު ނަމްބަރ (IUL)365-MIM/365/2025/22 ވަނަ އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ބޮޑުކަމަށް ފެންނާތީ އެއިއުލާންވަނީ ބާޠިލް ކުރެވިފައިކަމުގައި ދެންނެވީމެވެ.

އިވެލުލުވޭޝަން ކްރައިޓީރިއާ

  • މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %70 (ހަތްދިހަ) ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތަށް:  (ދިހައެއް) ޕޮއިންޓް (އެންމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތުގެ ތަޖުރިބާ: %20 (ވިހި) ޕޮއިންޓް (މޫދުގައި ކޮށްފައިވާ މިފަދަ މަސައްކަތުގެ ތަޖުރިބާގެ ލިޔުމަކަށް 20 ޕޮއިންޓް އަދި މިބާވަތުގެ އެހެނިހެން މަސައްކަތްތަކަށް ކޮންމެ ލިޔުމަކަށް 5 ޕޮއިންޓެވެ.)

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

09 އެޕްރީލް 2025