ބީލަން
ނަންބަރު: (IUL)418-AS/418/2025/14
ޕަބްލިޝްކުރި ތާރީޚް: 09 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 28 އެޕްރީލް 2025 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1446 ވަނަ އަހަރުގެ އަޟްހާ ޢީދު ނަޑެއްލާގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ޢީދުގެ ޙަރަކާތްތައް ރާވައި ހިންގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަކީ މިކަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 17 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

މި މަސައްކަތުގެ ބީލަން ފޮތުގެ އަގަކީ، 100.00ރ (ސަތޭކަ ރުފިޔާ) އެވެ. ތިރީގައިވާ މި އިދާރާގެ ބޭންކް އެކައުންޓަށް ބީލަން ފޮތުގެ ފީ ދައްކައި ގޫގަލް ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރައްވައި ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރުމުގެ މުއްދަތު ނިމުމުން ރަސްމީ 1 ދުވަސް ތެރޭގައި ބީލަމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް ބީލަމާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް މެއިލް ކުރެވޭނެއެވެ. އަދި ކައުންސިލްގެ އިދާރާއިން މި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ އެފަރާތްތަކަށް ލިބެންހުންނާނެއެވެ. އަދި މި ބީލަމުގައި ރަޖިސްޓަރ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

 

  • އެކައުންޓް ނަންބަރ: 7710700367004
  • އެކައުންޓް ނަން: KHARADHU 2 1469
  • ގޫގަލް ފޯމް ލިންކް: https://forms.gle/1iBFQBUEEcQcNTAg6   

 

ބީލަން ހުށަހެޅުން އޮންނާނީ 28 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން އިދާރާއަށް އަންގަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގައި ބީލަމުގެ ނަން، އިޢުލާނުގެ ނަންބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

ނޯޓް: މި ކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އަދި ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނުގެ (ޤާނޫނު ނަންބަރު:1/2003) ދަށުން ރަޖިސްޓްރީކުރެވިފައިވާ ޖަމިއްޔާތަކަށެވެ.


އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

09 އެޕްރީލް 2025