ބީލަން
ނަންބަރު: (IUL)282/282/2025/14
ޕަބްލިޝްކުރި ތާރީޚް: 09 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 17 އެޕްރީލް 2025 13:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދައުވަތު - (ދެ ޤަބުރުސްތާން، ކުޑަކުދިންގެ ޕާކް، ފުޓްސަލް ދަނޑު އަދި ފުޓްބޯޅަދަނޑު ސާފުކުރުން))

  1. މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، މިރަށު ދެ ޤަބުރުސްތާން، ކުޑަކުދިންގެ ޕާކު، ފުޓްބޯޅަ ދަނޑު، އަދި ފުޓްސަލް ދަނޑު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްބޭނުންވެއެވެ.
  2. މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނުނު (2014/19 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށާއި ޖަމިއްޔާތަކާބެހޭ ޤާނޫނު (ނަންބަރ 1/2003) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
  3. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
  4. މިބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރެއްވި ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2025 އޭޕްރީލް 15 ވާ އަންގާރަ ދުވަހުގެ 13:30 ގައި މިއިދާރާގައި އޮންނާނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 އޭޕްރީލް 17 ވާ ބުރާސްފަތި ދުވަހުގެ  13:30ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  6. ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ/ ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން:           6540056

އީމެއިލް:   [email protected]                                            

‏11‏ ޝައްވާލް‏ 1446

09 އެޕްރީލް 2025