މަޤާމުގެ މަސްއޫލިއްޔަތު:
|
- ފެކަލްޓީން ހަމަޖައްސަވާފައިވާ ފޯމެޓަށް، ކިޔަވަދޭ ފިލާވަޅުތައް ތައްޔާރުކުރުން.
- ހަފުތާއަކު މަދުވެގެން ފަނަރަ ގަޑިއިރު ކިލާސްތަކުގައި ކިޔަވައިދިނުން.
- ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.
- ކޯސްތަކާއި މާއްދާތައް ކޯޑިނޭޓްކުރުން.
- އާ މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރެވޭ މަޤާމުތަށް އިޞްލާޙްކުރުން.
- ސެމިސްޓަރ ފެށުމުގެ ކުރިން ދަރިވަރުންނަށް ސަބްޖެކްޓުގެ އައުޓްލައިން ތައްޔާރުކުރުން.
- ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް އަޕްޑޭޓްކުރުން.
- ކަނޑައެޅިފައިވާ މުއްދަތުގައި، މާއްދާތަކުގެ އިމްތިޙާން ކަރުދާސް ތައްޔާރުކޮށްފައި އެގްޒޭމް ކޯޑިނޭޓަރާ ހަވާލުކުރުން.
- އިމްތިޙާނަށްފަހު ހަވާލުކުރެވޭ ޕޭޕަރުތައް ކަޑައެޅިފައިވާ މުއްދަތުގައި މާކް ކުރުމަށް ފަހު އެގްޒޭމް ކޯޑިނޭޓަރާ ހަވާލުކުރުން.
- ލެކްޗަރތަކާއި، ޓިއުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވައި ހިންގުން.
- މާއްދާ ނުވަތަ ކޯސް ކޯޑިނޭޓްކުރުމުގެ ޒިންމާ ހަވާލުކުރެވިއްޖެނަމަ، އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި، ދަރިވަރުނަށް ބޭނުންވާ އެހީތެރިކަން ދެވޭނެގޮތް ހަމަޖެއްސުން.
- ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކާއި، މާއްދާތަކުގެ ޕެނަލްތައްފަދަ އެކިއެކި ބައްދަލުވުންތަކާއި، އެފަދަ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
- ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތް ކުރުން.
- ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން، ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް، އެކުވެރިކަމާއެކު ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން.
- އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް، އެ ދިރާސާތައް ޝާއިޢުކުރުމަށް މަސައްކަތްކުރުން.
- މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ މިނޫން ކަންތައްތައްވެސް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
- މި މަޤާމަށް ދާއިމީ ލެކްޗަރަރ/އެސޯސިއޭޓް ލެކްޗަރަރއެއް ނުލިބިއްޖެނަމަ، 1 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން ލެކްޗަރަރ/އެސޯސިއޭޓް ލެކްޗަރަރއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 އޮގަސްޓު 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
- މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެން ވެއެވެ.
|