މަސައްކަތް
ނަންބަރު: (IUL)442-CO/442/2015/42
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 19 އޮގަސްޓް 2015 14:00
ފުވައްމުލަކު މިސްކިތްމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މިސްކިތްމަގު ކައުންސިލްގެ އިދާރާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން:

މިސްކިތްމަގު ކައުންސިލްގެ އިދާރާގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ޚަރަދުގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އޮގަސްޓު 2015 ވާ ބުދަ ދުވަހުގެ 14:00 ގައި މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 އޮގަސްޓު 2015 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6860505 ފޯނާ ގުޅުއްވުން އެދެމެވެ.

26 ޝައްވާލް 1436

11 އޮގަސްޓް 2015