މަސައްކަތް
ނަންބަރު: (IUL)365-ESD/365/2025/44
ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 17 އެޕްރީލް 2025 13:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މުލީ ފުޓްސަލް ދަނޑުގެ ޓާރފް ބަދަލުކޮށް މަރާމާތުކޮއްދޭނެ ފަރާތެއް ހޯދުން:

އިޢުލާން

މިއިދާރާއިންދޭ  މަޢުލޫމާތާއި އެއްގޮތަށް މުލީ ފުޓްސަލް ދަނޑުގެ ޓާރފް ބަދަލުކޮށް މަރާމާތުކޮއްދޭނެ ފަރާތެއް ހޯދުން:

މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މުލީ ފުޓްސަލްދަނޑުގެ ޓާރފް ބަދަލުކޮށް މަރާމާތުކޮއްދޭނެ ފަރާތެއް ހޯދުންވަނީ ބޭނުންވެފައެވެ.

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2025 އެޕްރިލް 09 ވާ ބުދަ ދުވަހުންފެށިގެން 2025 އެޕްރިލް 17 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް 2025 އެޕްރިލް 21  ވާ ހޯމަ ދުވަހުގެ 13:00 ގައި މިއިދާރާގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ކުރިއަށް ގެންދެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 އެޕްރިލް 27 ވާ އާދިއްތަ ދުވަހުގެ 13:00  އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުށަހަޅަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

އިވެލުލުވޭޝަން ކްރައިޓީރިއާ

  • މަސައްކަތްކުރުމަށް ހުށަހަޅާ އަގު: %50 (ފަންސާސް) ޕޮއިންޓް (އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މުއްދަތަށް: %30 (ތިރީސް) ޕޮއިންޓް (އެންމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
  • މަސައްކަތުގެ ތަޖުރިބާ:  (ދިހައެއް) ޕޮއިންޓް (ޓާރފް ދަނޑުހެދުން/ މަރާމާތުކުރުން މިފަދަ މަސައްކަތުގެ ތަޖުރިބާގެ ލިޔުމަށް).
  • ވޮރެންޓީ  :  (އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ދިގު ވޮރެންޓީގެ މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.)

   ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.

08 އެޕްރީލް 2025