މަސައްކަތް
ނަންބަރު: N2C-A/IUL/2025/02
ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 10 އެޕްރީލް 2025 12:00
ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނަލަފިލާތައް ބަދަލުކުރުމާއި އަސްކަނީ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

މި ކޯޓުގެނަލަފިލާތައް ބަދަލުކުރުމާއި އަސްކަނީ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މި ކޯޓުގެ ނަލަފިލާތައް ބަދަލުކުރުމާއި އަސްކަނީ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީބިޑް މީޓިންގ)، 10 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި މި ކޯޓުގައި އޮންނާނެއެވެ. 

މި މަސައްކަތުގެ އަންދާސީ ހިސާބު (ބީލަން) ހުށަހެޅުން އޮންނާނީ 13 އޭޕްރިލް 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގައި ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި ވަޑައިގަންނަވާ ފަރާތުން ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

08 އެޕްރީލް 2025