ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)252/252/2025/31
ޕަބްލިޝްކުރި ތާރީޚް: 08 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 17 އެޕްރީލް 2025 13:30
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން:

ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލުން:

              އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ނަންބަރު:2010/7) ގެ 22 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޚާއްޞަ އެހީތެރިކަމާއި، ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ބަލަހައްޓަން ޖެހެއެވެ. މިގޮތުން މިރަށުގައި ދިރިއުޅެމުންދާ ޚާއްޞަ އެހީތެރިކަމާއި، ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މިހާރު މިކައުންސިލްގެ ދަފްތަރުގައި، ހިމެނިފައިނުވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މިދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުގެ ބަލަދުވެރިން 17 އޭޕްރީލް 2025 ދުވަހުގެ 13:30 ކުރިން، ލިޔުމުން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.   

 

                     10 ޝައްވާލް 1446       

                     08 އޭޕްރީލް 2025

08 އެޕްރީލް 2025