ދިވެހިރާއްޖެ
ގދ. މަޑަވެލި ކައުންސިލް އިދާރާއަށް އެކްސްކަވޭޓަރެއް ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށް ރަށާއި ހަމައަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި އިޢުލާނާއެކު، މި މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، ކުރެހުމާއި، 'އަގުހުށަހަޅާ ފޯމް' އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީވުން: |
08 އެޕްރީލް 2025 އިން 14 އެޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނު 11:00އާއިހަމައަށް ތިރީގައިވާ ލިންކުންވަދެ ރަޖިސްޓްރޭޝަން ޝީޓްގެ ގޫގުލް ފޯމް ފުރުއްވައިގެން: |
ޕްރީބިޑް މީޓިންގ: |
14 އެޕްރީލް 2025 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި އޮންލައިން ކޮށް. (މީޓިންގ ލިންކް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ޙިއްސާ ކުރެވޭނެއެވެ.) |
ބިޑް ބަލައިގަތުން: |
22 އެޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން. (މަޑަވެލި ކައުންސިލްގެ މެއިލް އަށް މެއިލް ކުރައްވައިގެން) |
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަތީގައިވާ ލިންކުން ވަދެ ރަޖިސްޓްރީ ކުރުމަށްފަހު 22 އެޕްރީލް 2025 ވަނަ ދުވަހުގެ ހެނދުނު 11:00 އާއި ހަމައަށް، މިއިދާރާގެ އީމެއިލް: [email protected] އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅަންވާނީ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ، 'އަގުހުށަހަޅާ ފޯމު' ންނެވެ. އަގުހުށަހަޅާ ފޯމާއިއެކު، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ، ޖިއެސްޓީ ދައްކާ ފަރާތެއްނަމަ، ޖީއެސްޓީ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. 'އަގުހުށަހަޅާ ފޯމު' ނުހިމަނައި ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބިޑްތައް އިވެލުއޭޓް ކުރުމުގެ ތެރެއިން ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.