ދިވެހިރާއްޖެ
މިމިނިސްޓްރީއަށް ބޭނުންވާ 35 ހައިބެކް ޗެއަރ ހޯދުމާބެހޭ:
މިމިނިސްޓްރީއަށް ބޭނުންވާ ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެން 27 އެޕްރީލް 2015 ވަނަ ދުވަހު ކުރެވުނު ނަންބަރު IUL)138-AS6/1/2015/122) އިޢުލާނާ ގުޅިގެން މަޢުލޫމާތަށް ބަދަލު އައިސްފައިވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 އޮގަސްޓު 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޮގަސްޓު 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
28 ޝައްވާލް 1436