ޢާންމު މަޢުލޫމާތު
                	
                ނަންބަރު: E1C-A/2025/7
                    ޕަބްލިޝްކުރި ތާރީޚް: 07 އެޕްރީލް 2025
                    ޕަބްލިޝްކުރި ގަޑި:  14:48
                                            ސުންގަޑި: 
                            10 އެޕްރީލް 2025 16:30
                        
                    
                މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުން
                                މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަންކިޔުން، 2025 އެޕްރީލް 10ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 ގައި ރ.އަލިފުށީ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. ނީލަންކިޔާ ތަކެތީގެ މަޢުލޫމާތާއި މިތަކެތި ނީލަމުގައި ވިއްކުމަށް ހަމަޖައްސާފައިވާ އަގުގެ މަޢުލޫމާތު މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައި ގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ގެންނަވަން ވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން 24 ގަޑި އިރު ތެރޭގައި މިކޯޓަށް ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ.
ވީމާ، ޝައުގުވެރިވެ ލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެ ލެއްވުން އެދި މިކަން ޢާއްމުކޮށްއަންގާ އިޢުލާން ކުރީމެވެ.
                07 އެޕްރީލް 2025