ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2015/50
ޕަބްލިޝްކުރި ތާރީޚް: 17 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 26 އޮގަސްޓް 2015 15:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ޕޮލިޓެކްނިކަށް، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން އިޢުލާން ކުރަމެވެ.

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)                 

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް، މާލެ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް އެފެއާޒް/ ސްޓޫޑަންޓް ސަރވިސް، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ކިޔެވުމުގެ ފުރުޞަތު ހުޅުވައިލާ ކޯސްތަކުން ދަރިވަރުން ހޯދުމަށް މަސައްކަތް ކުރުން.

2- ކޯސްތައް އިސްތިހާރުކުރުމުގެ މަސައްކަތްކުރުން.

3- ކޯސްތަކާބެހޭ އެންމެފަހުގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުން.

4- ކޯސްތަކަށް ވަނުމަށް އެދޭ ދަރިވަރުންގެ ފޯމްތައް ޗެކްކޮށް ބެލެހެއްޓުން.

5- ކޯސްތަކަށްއެދޭ ދަރިވަރުންގެ ތެރެއިން ޝަރުޠު ފުރިހަމަވާ ދަރިވަރުންގެ ޕްލޭސްމަންޓް ލެޓަރ ތައްޔާރުކޮށް ދޫކުރުން.

6- ކްލާސްތަކަށް ޖާގަދެއްވާ ދަތިވަރުންގެ ރެކޯޑްތައް ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިއުން.

7- އަލައްފަށާ ކޯސްތަކުގެ އޮރިއެންޓޭޝަން ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަކުރުން.

8- އަތޮޅުތަކުގައިހުރި އަދި ޤާއިމުކުރެވޭ ކެންޕަސްތަކާއި ކިޔަވާ ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުން.

9- ދަރިވަރުންގެ އެޓެންޑެންސްގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.

10- ދަރިވަރުންނާ ގުޅުންހުރި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

11- ހަމަޖެހިފައިވާ އުސޫލުގެމަތިން ދަރިވަރުންގެ ނަތީޖާ ދޫކުރުން.

12- ކްލާސްތައް ފުރިހަމަކުރާ ދަރިވަރުންނަށް ދޫކުރެވޭ ސެޓްފިކެޓްތަކާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ފުރިހަމަކުރުން.

13- ޤަވާޢިދުން ރިސެޕްޝަނުގެ ޑިއުޓީ އަދާކުރުން.

14- އޮފީސް ޑިއުޓީ އަދާކުރުމާއި، އޮފީސްހުޅުވައި ލެއްޕުން (އޮފީސް ބަންދުކުރާއިރު ތަޅުލަންޖެހޭ ތަންތަން ޒިންމާދާރުގޮތެއްގައި ބަލައި ޗެކްކުރުން)

15- އަދާކުރާ ވަޒީފާއާ ގުޅޭގޮތުން އިސްވެރިޔާ ހަވާލުކުރައްވާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

ތަޢުލީމީ ފެންވަރު:

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ  ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ  އިމްތިޙާނަކުން  2  މާއްދާއިން  ދަށްވެގެން  'ޑީ'  ގްރޭޑް  ލިބިފައިވުމާއެކު،  އޭގެ  އިތުރުން،  ސެކެންޑަރީ  ސްކޫލް  ސެޓްފިކެޓް  އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުމާއެކު،  މަޤާމުގެ  މަސައްކަތުގެ  ދާއިރާއެއްގައި  2  އަހަރު  ދުވަހުގެ  މަސައްކަތުގެ  ތަޖުރިބާ  ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

 ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

ބ- މީގެ އިތުރުން، ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 27 އޮގަސްޓު 2015 އާއި 3 ސެޕްޓެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅިފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި، ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލުކޮޕީ ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކުގެ www.polytechnic.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)  

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ނ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މޯލްޑިވްސް ޕޮލިޓެކްނިކުގެ (ގ. ރެހެންދި ހިނގުން، 1 ވަނަ ފަންގިފިލާ) ކައުންޓަރަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 26 ވަނަ ދުވަހުގެ 15:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކުގެ 3305401 ނަންބަރު ފޯނަށް ނުވަތަ 3305405 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 2 ޛުލްޤަޢިދާ 1436

17 އޮގަސްޓް 2015