ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (IUL)388-ADM/388/2025/39
                    ޕަބްލިޝްކުރި ތާރީޚް: 07 އެޕްރީލް 2025
                    ޕަބްލިޝްކުރި ގަޑި:  14:03
                                            ސުންގަޑި: 
                            10 އެޕްރީލް 2025 14:00
                        
                    
                ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ދިރާސީ އައު އަހަރު 2025 ގައި ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމާއި ގުޅޭ
                                ދިރާސީ އައު އަހަރު 2025 ގައި ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތައް ކުރިއެކޭއެއްގޮތަށް ކުރިޔައްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިއަދުން ފެށިގެން ނާސަރީ އަދި ބޭބީނާސަރީ ކުލާސްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ނާސަރީ އަދި ބޭބީނާސަރީ ކުލާސްތަކަށް އަލަށް ދަރިވަރުން ވެއްދުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޭޕްރީލް 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށް މިއިދާރާއިން ލިބެންހުންނާނޭކަމުގައި ދެންނެވީމެވެ.  އަދި މިއުޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ފޯންނަންބަރު 7980047 ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރުމަށް ދަންނަވަމެވެ.  
2025ގައި ފެށޭ ދިރާސީ އަހަރަށް ސްކޫލަށް ކުދިން ވައްދާ ގްރޭޑް ތަކާއި ޢުމުރުފުރާގެ ތަފްޞީލް:
ގްރޭޑް ޢުމުރު
ބޭބީ ނާސަރީ: 2024 ޑިސެމްބަރު 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން
ނާސަރީ: 2024 ޑިސެމްބަރު 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން
                        ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.  
                07 އެޕްރީލް 2025