ވަޒީފާގެ ފުރުޞަތު
ނަންބަރު: A2-SM (IUL)/2015/007
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 27 އޮގަސްޓް 2015 14:00
އުލިގަމު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހއ. އުލިގަމު ޞިއްޙީ މަރުކަޒަށް، ތިރީގައިމިވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.        

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ޝެކްޝަން

ހއ. އުލިގަމު ޞިއްޙީ މަރުކަޒު / ހއ. އުލިގަން

ވަޒީފާ އަދާކުރަންޖެހޭ ތަން / އޮފީސް

ހއ. އުލިގަމު ޞިއްޙީ މަރުކަޒު / ހއ. އުލިގަން

ކުރަންޖެހޭމައިގަނޑު މަސައްކަތް

  1. ޞިއްޙީ މަރުކަޒަށް ލިބޭ ލިޔެކިއުންތައް ދުވަހުން ދުވަހަށް އެންޓްރީކުރުމާއި، ގުޅުންހުރި ފަރާތްތަކަށް ހަވާލުކުރުމާއި، ޖަވާބުދޭންޖެހޭ މެސެޖާއި ސިޓީފަދަ ލިޔުންތަކަށް، ތަނުގެ ވެރިންގެ ލަފަޔާއެކު ޖަވާބު ތައްޔާރުކުރުމާއި، ތަނުން އެކިއެކި ބޭނުންތަކުގައި ފޮނުވަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް ފޮނުވުމާއި ފައިލްކުރުން.
  2. ފައިސާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ހިއުމަން  ރިސޯސް  މެނޭޖްމަންޓް / ހެލްތު  ސަރވިސް  މެނޭޖްމަންޓް / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އެމްޕްލޯއިމަންޓް ލޯ / ޕަބްލިކް ރިލޭޝަން / ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް / ހެލްތު ސަރވިސް މެނޭޖްމަންޓް / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމަންޓް / އެމްޕްލޯއިމަންޓް ލޯ / ޕަބްލިކް ރިލޭޝަން / ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ / ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރުން.

މަޤާމް

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ. އެސް. 3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޜަން/ޝެކްޝަން

ހއ. އުލިގަމު ޞިއްޙީ މަރުކަޒު / ހއ. އުލިގަން

ވަޒީފާ އަދާކުރަންޖެހޭ ތަން / އޮފީސް

ހއ. އުލިގަމު ޞިއްޙީ މަރުކަޒު / ހއ. އުލިގަން

ކުރަންޖެހޭ މައިގަންޑު މަސައްކަތްތައް

  1. ޞިއްޙީ މަރުކަޒަށް ޚިދުމަތް  ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތުގެ މެމޯ ހަދައިދިނުމާއި، ރަޖިސްޓްރޭޝަނުގެ މަސައްކަތް ކުރުމާއި، އޯ.ޕީ.ޑީއަށް އެހީތެރިވެދިނުން.
  2. ޞިއްޙީ މަރުކަޒަށް  ދައްކަން އަންނަން ބަލިމީހުންނާއި، އެކިއެކި ބޭނުންތަކުގައި ޞިއްޙީ މަރުޒަށް ޒިޔާރަތްކުރާ މީހުންނަށް އެހީތެރިވެދިނުމާއި، ޑިއުޓީގަޑީގައި ފައިސާ ބަލައިގަތުމާއި، ހަވާލުކުރަންޖެހޭ ފަރާތަކަށް ޤަވާއިދުން ހަވާލުކުރުން.
  3. ޞިއްޙީ މަރުކަޒުން ރިފަރކުރާ ބަލިމީހުންގެ ރިފަރަލް ލިޔެކިއުންތައް ތައްޔާރުކުރުމަށް އެހީތެރިވުމާއި، މެޑިކަލް، ލީގަލް ރިޕޯޓާއި ސަލާމުގެ ސެޓްފިކެޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  4. އާސަންދަ ޚިދުމަތްހޯދާ ފަރާތްތަކުގެ ރެކޯޑް ބެލެހެއްޓުމާއި ބިލްތައް ތައްޔާރުކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ ޖާނަލިޒަމް، ޕަބްލިކް ރިލޭޝަން، ފޮރިން ރިލޭޝަން، އިންފޮމޭޝަން މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމނިސްޓްރޭޝަންގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރުން.

މަޤާމް

ވޮޗަރު

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް. އެސް. 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޜަން/ޝެކްޝަން

ހއ. އުލިގަމު ޞިއްޙީ މަރުކަޒު / ހއ. އުލިގަން

ވަޒީފާ އަދާކުރަންޖެހޭ ތަން / އޮފީސް

ހއ. އުލިގަމު ޞިއްޙީ މަރުކަޒު / ހއ .އުލިގަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. އިމާރާތާއި ތަނުގެ މުދަލަށް މީހަކު / ބަޔަކު ދީފާނެ ގެއްލުމަކުން ތަން ރައްކާތެރިކުރުމަށް މަގުފަހިކުރުން.
  3.  ބަލިމީހުންނަށާއި ނަރުހުންނަށް ދަތިނުވާނެގޮތަށް ތަނުގެ މާޙައުލު ތަނަވަސްކޮށްދިނުން.
  4. ނަހަމަގޮތުގައި ތަނުގެ މުދަލާއި އެހެނިހެން ތަކެތި ބޭރުވިޔަ ނުދިނުމާއި އެތެރެވިޔަ ނުދިނުން.

ތަޢުލީމާއި ތަޖުރިބާ

1. ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 1 ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ މަޤާމެއްގައި، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
  4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުމާއި، ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ކަންތައްތައް ކުރުން.

ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި ރިސްކް އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1. ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ އޮފީހުން މި ފޯމު ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން  އެނގޭފަދަ ކޮޕީއެއް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މަޤާމަށް އެދެންވީ ގޮތާއިސުންގަޑި  

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2015 އޮގަސްޓު 27 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ހއ. އުލިގަމު ޞިއްޙީ މަރުކަޒުގެ އޮފީހަށް ހުށަހަޅަންވާނެއެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ލިޔެކިޔުމެއް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް، އިންޓަވިއު އޮންނާނެ ތާރީޚު، ފަހުން އަންގާނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން،  ޞިއްޙީ މަރުކަޒުގެ 65000564 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

28 ޝައްޥާލް 1436 

13 އޮގަސްޓް 2015