މަސައްކަތް
ނަންބަރު: GS149/IUL-2025/04
ޕަބްލިޝްކުރި ތާރީޚް: 07 އެޕްރީލް 2025
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 15 އެޕްރީލް 2025 13:00
ބޮޑުފޮޅުދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރީސްކޫލް ޕްލޭގްރައުންޑްގެ ހިޔާގަނޑު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

 

 

                                            ނަމްބަރ:GS149/IUL-2025/04  

އިޢުލާން

 

   ޕްރީސްކޫލް ޕްލޭގްރައުންޑްގެ ހިޔާގަނޑު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

  

      މި ސްކޫލުގެ ޕްރީ ސްކޫލް ޕްލޭގްރައުންޑްގެ ހިޔާގަނޑު އަމިއްލަ ތަކެތީގައި މަރާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން ނަން ނޯޓްކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

       މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ތާރީޚް

ތަފްޞީލް

ގަޑި

ތަން

08 އޭޕްރީލް 2025 ން 14 އޭޕްރީލް 2025

ބިޑުގައި ރެޖިސްޓްރީވުން

09:00 – 14:00 ށް

ބޮޑުފޮޅުދޫ ސްކޫލް

15 އޭޕްރީލް 2025

މަޢުލޫމާތު ސާފުކުރުން

13:00 ގައި

17 އޭޕްރީލް 2025

ބިޑު ހުށަހެޅުމާއި ބިޑު ހުޅުވުން

13:00 ގައި

         ބީލަމުގެ ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. މިބީލަމާ ގުޅޭ އިތުރު މަޢުލޫމާތު 15 އޭޕްރީލް 2025 ވާ އަންގާރަ ދުވަހު ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ހިއްސާކުރެވޭނެއެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބިޑެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި އަންނަ ފަރާތުން އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ

ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ

ފޯން:  6660841

އީ-މެއިލް [email protected]

07 އޭޕްރީލް 2025

07 އެޕްރީލް 2025